Last Updated: March 29, 14:00
Friday, March 29, 2024
ސިޔާސީ

މިއީ ޑރ. ޖަމީލުގެ "ހިޔާލު 3"

މީހަކު ރަސޫލާގެ އަރިއަހަށް އައިސް ވަރަށް މުހިއްމު ސުވާލެއް ކުރެއެވެ. ތިމަންނައަށް الله ގެ ރުހުމާއި މީސްތަކުންގެ ރުހުންވެސް ލިބޭނެ ކަމެއް އަންގަވާދެއްވާށެވެ. ޙަދީޘްކުރެއްވިއެވެ. اذهد في الدنيا يحبك الله ދުނިޔެވީ ކަންތަކަށް ނޭދޭށެ ނުވަތަ ދުނިޔެއަށް ޢަރަގު ނުވާށެވެ. އެއިރުން اللہ ތަޢާލާގެރުހުން ލިބޭނެތެވެ. އަދި މީސްތަކުން ލޯބި ހޯދުމަށް ބޭނުންނަމަ وذهد فيما عند الناس يحبك الناس މީސްތަކުންގެ އަތުގައި ހުރިއެއްޗަކަށް ނޭދޭށެވެ. މީސްތަކުންގެ ލޯބިލިބޭނެތެވެ.

1. ނިކަންވިސްނާށެވެ. އިންސާނީ ޙައްގުތަކުގެ އަސާސަކީ ކޮންމެ މީހަކާ މެދު ވެސް ހަމަހަމަކޮށް ކަންތައްކުރުން ނުވަތަ priciple of equality އެވެ. އެމްޑީޕީއަށް މިއަދު، ޕާޓީ ބޮޑުން، ވަޒީރުން، މަޖްލިސްމެމްބަރުން ނާއި ހަމައިން ގާނޫނު ހުއްޓެއެވެ. ދައުވާއެއް، ޝަރީޢަތެއް ނުވަތަ އެއަޕޯޓަކުން ސެކިއުރިޓީ ޗެކްކުރުން ވެސް އޮތީ އާންމީހާއަށް އެކަންޏެވެ.

އިންސާފުން ޝަރީޢަތް ކުރުމަކީ ގާނޫނުއަސާސީ އާއި ބައިނަލް އަގްވާމީ މުޢާ ހަދާތަކުން ލިބިފައިވާ ޙައްގެކެވެ. އައިސީޕީއާރު ގެ 14 ވަނަ މާއްދާ. މުޅިދައުލަތް އެކީ ރައީސް ޔާމީނުގެ މައްޗަށް ނުޙައްގު ދައުވާ އުފުލުމުގައި އަވަދިނެތިއެވެ. ކޮބައިތޯ އަސްލުކުށްކުރި 270 ވުރެ ގިނަ މީހުންގެ ލިސްޓް؟ ކޮބައިތޯ ހޯދަންބުނި މަރުތައް؟ ކޮބައިތޯ ލިވާތުގެ ބޮޑު ކުށަށް ގާއިމްކުރެވުނު އަދަބު؟ ކޮބައިތޯ ވެންޓިލޭޓަރުގެ ކުށް ހިންގި މީހުން؟ އެއީ ނުހިނގާ ކަމެއްތޯ؟ ކޮބައިތޯ ދައުވާކުރެވުނު ވަޒީރުން؟ ޝަރީޢަތުގެ މަޖްލިސް ނުބޭއްވިގެން ޕީޖީ އުޅޭތޯ؟ ކޮބައިތޯ ހުޅުމާލޭގައި މަރުވި ޒުވާނާ؟ އެމްޑީޕީ ވޯޓްދިނީ ބަލަންވެސް ނުޖެހޭކަމެއްކަމަށް. އެއީ ވެލިއުއެއް ނެތް ލައިފެއްތޯ؟

3. ހުރިހާ ކަމެއް ހިންގާއިރު ޖިނާއަދުލުގެ ނިޒާމުގެ އެންމެމަތީގައި ހުންނެވީ ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚު އިމްރާން. ހުރިހާކަމެއް އޮތީ ކީރިތި ރަސޫލާ ކަންތައް ކުރެއްވި ގޮތަށްކަމަށް ވިދާޅުވަނީ.

4. މިއަދު އެއްވެ އުޅުމަކީ ވެސް ކުށެއް. އިންސާފަކީ ތިމާމެންނާ ޚޔާލުތަފާތުވިކަމަށްޓަކައި ނުހައްގު ދައުވާ ހަމައެކަނި ވާދަވެރި ލީޑަރު މައްޗަށް ކުރުން؟

5. ދީން އުނގެނުމުން ވެސް اللہ ތަޢާލާއާއި މީސްތަކުންގެ ލޯބި ހޯދުމަށް ދީނީ ތާކިހާ އަޅުއްވާފައިތިއްބެވި ޝެއިޚު އިމްރާނުފަދަ ބޭފުޅުން ވެސް އުޅުއްވާ ގޮތުން މީސްތަކުންނަށް އޮޅިއްޖެ އެވެ.

6. މިއަދު ދުނިޔޭގައި ނޯބަލް ޕީސްޕްރައިސް ވެސް މި ލިބުނީ އިންސާނީ ޙައްގަތް މަސައްކަތް ކުރާ ފަރާތްތަކަކަށެވެ. އެއީ ޙަދީޘްފުޅުގައިވާ ފަދައިން އެހެން މީހުންނަށް ލިބިފައިވާ ކަމަކަށް ބެލުމެއް ނެތި ތިމާ ޙައްގު ގޮތައް މަސައްކަތްކުރުމުންނެވެ. އިންސާފުވެރި ޝަރީޢަތެއް ކޮންމެ މީހަކަ ވެސް އަދި ރައީސް ޔާމީނަށް ވެސް ލިބެން ޖެހެ އެވެ.

ނޯޓް: މިއީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ފޭސްބުކްގައި ސިލްސިލާކޮށް "ހިޔާލު" ގެ ނަމުގައި ގެނެސްދޭ ސިލްސިލާ ލިޔުންތަކުގެ ތެރެއިން މއަދު ގެނެސްދެއްވި ހިޔާލެވެ. މިއީ "ހިޔާލު 3" އެވެ.