Last Updated: May 9, 20:53
Friday, May 9, 2025
ޚަބަރު

މުޅި ރާއްޖެ އަށް ވައިޓް އެލާޓް

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ އެ އެލާޓް ނެރެފައި ވަނީ ފަތިހު 5:30 އިން ފެށިގެން ހެނދުނު 11:30 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހި، ގުގުރައި އަދި ގަޑިއަކު 19-24 މޭލާ ދެމެދު ބާރު މިނުގައި ވައިޖެހި ގަޑިއަކު 45 މޭލަށް ކަނޑުގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އެހެންވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން ވެސް ހާއްސަ ސަމާލުކަމެއް ދޭން ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެ އެވެ.

ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ބައެެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ހާދިސާތައް ވެސް ހިނގާފައިވެ އެވެ. އެގޮތުން މި ހަފުތާގައި ފުވައްމުލަކާއި ޅ. ނައިފަރު އަދި ލ. ގަމުގައި ފެންބޮޑުވެގެން ސިފައިން ފެން ހިންދުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވެފައިވެ އެވެ.