Last Updated: April 26, 06:56
Friday, April 26, 2024
ދުނިޔެ

ޕޯލިއޯއާ ދެކޮޅަށް 1.2 ބިލިއަން ޑޮލަރު

ޕޯލިއޯ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން އެމެރިކާގެ މަހުޖަނު ބިލް ގޭޓްސް އާއި އޭނަގެ ކުރީގެ އަނބިކަނބަލުން މެލިންޑާގެ "ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނުން" 1.2 ބިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.

ހައިރާތަށް މިހާތަނަށް އެންމެ ހޭދައެއްކޮށްފައިވާ މި ޗެރިޓީން ޕޯލިއޯ ނައްތާލަން ކުރާ މަސައްކަތްތަކަށް ދޭން ނިންމި މާލީ އެހީ ދޭނީ ގްލޯބަލް ޕޯލިއޯ އިރަޑިކޭޝަން އިނިޝިއޭޓިވްއަށެވެ. އެގޮތުން ދޭން ނިންމީ އެހީ އަކީ އެ ޖަމާއަތުން 2026 އާ ހަމައަށް ރާވާފައިވާ ކަންކަމަށް ދޭން ނިންމި އެހީއެކެވެ.

މި އެހީ ދޭން ނިންމިކަން "ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނުން" އިއުލާންކުރީ ޖަރުމަންގެ ބާލިންގައި އާދީއްތަ ދުވަހު އޮތް ވޯލްޑް ހެލްތު ސަމިޓްގަ އެވެ.

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަކީ ޕޯލިއޯ ނައްތާލެވިފައިވާ ގައުމުތަކަށް ވިޔަަސް އޭޝިއާ އަށް ނިސްބަތްވާ ޕާކިސްތާނާއި އަފްގާނިސްތާނަކީ އަދިވެސް ޕޯލިއޯގެ ހާލިތަކެވެ. އިސްލާމް ދީނުގެ ހަރުކަށި ފިކުރުގެ ބައެއް ވިސްނުންތަކާ ހެދި އެ ގައުމުތަކަކޫ ވެކްސިންއާ ވަރަށް ދެކޮޅު ވިސްނުންތަކެއް ގެންގުޅޭ ބަޔަކު އުޅޭ ގައުމުތަކެކެވެ.

ޕާކިސްތާނުން މި އަހަރުގެ މިހާތަނަށް ޕޯލިއޯގެ 20 ކޭސް ފެނިފައިވެ އެވެ. އަދި އަފްގާނިސްތާނުން ދެ ކޭސް ފެނިފައިވެ އެވެ.