Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ހުރިހާ ނަރުހުން އެއްކަހަލަ ޔުނިފޯމެއް ބޭނުން ކުރަނީ

އައްޑޫ ހޮސްޕިޓަލްގެ ނަރުހުންަކެއް.

ރާއްޖޭގެ ހުރިހާ ރަށެއްގެ ނަރުހުންގެ އެއްކަހަލަ ޔުނީފޯމު ލާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.

މިކަމާ ބެހޭ ގޮތުން ހެލްތު މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އާމިނަތު ޝަތުފާ އެހެން މީޑިއާއަަށް ވިދާޅުވެފައި ވަނީ ނަރުހުންގެ ޔުނިފޯމަށް ބަދަލު ގެނެސް ހުރިހާ ނަރުހުން އެއްކަހަލަ ޔުނިފޯމެއް ލާ ގޮތަށް ބަދަލުކުރަން ހުށަހެޅީ ނަރުހުންގެ ޖަމިއްޔާ އިން ކަމަށެވެ. އެހެންވެ ނަރުހުންގެ ޔުނީފޯމު ހުދު ކުލައިން މަޑު ފެހި ކުލައަކަށް އަދި އެޓެންޑެންޓުންގެ ޔުނީފޯމު ނޫ ކުލަ އަށް ބަދަލުކުރަން ހެލްތު މިނިސްޓްރީން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ޝަތުފާ ވިދާޅުވި ގޮތުގައި ކުރިން ނިންމާފައި އޮތީ މި މަސް ފެށުމުގެ ކުރިން ހުރިހާ ރަށެއްގެ ނަރުހުންގެ ޔުނީފޯމު ބަދަލުކުރާށެވެ. އެކަމަކު، ފޮތި ލިބުމުގެ ދަތިތަކާ ހެދި އެ މުއްދަތު މި އަހަރުގެ ފަހުކޮޅަށް ބަދަލުކުރީ ކަމަށް ވިދާޅުވި އެވެ.

ޝަތުފާ ވިދާޅުވި ގޮތުގައި ނަރުހުންނާއި އެޓެންޑެންޓުންގެ ޔުނިފޯމް ބަދަލުކުރަން ނިންމީ ޔުނީފޯމު އެލަވަންސްގެ ތެރެއިންނެވެ.

ކުރިން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ސަރުކާރުގެ ނަރުހުން ބޭނުން ކުރަމުން އައި ހުދު ޔުނިފޯމެވެ. އެކަމަކު ފަހުން ފަހުން ސިއްހީ ހިދުމަތްދޭ އެކި ތަންތަނުން އެތަންތަނަށް ހާއްސަ ޔުނިފޯމް ބޭނުންކުރަން ފަށާފައިވެ އެވެ.