Last Updated: June 24, 03:22
Wednesday, June 24, 2026
ޚަބަރު

އުމަރު ކާފައަކަށްވެއްޖެ

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ އުމަރު ނަސީރަށް ކާފަދަރިއަކު ލިބިއްޖެ އެވެ.

އަލަތު ކާފަދަރިފުޅާ އެކު ނަގާފައިވާ ފޮޓޯއެއް ކުރީގެ ހޯމް މިނިސްޓަރު ސޯޝަލް މީޑިއާގައި އާންމުކުރުމުން ވަރަށް ގިނަ ބަޔަކު އަންނަނީ މަރުހަބާ ވެސް ކިޔަވަމުންނެވެ. ފޮޓޯގެ ކެޕްޝަނުގައި އުމަރު ލިޔުއްވާފައި އޮތީ މިއީ "އަޅުގަނޑުގެ ފުރަތަމަ ކާފަދަރިފުޅު" ކަމަށެވެ.

އުމަރަކީ ރާއްޖޭގެ ސިޔާސީ ދާއިރާ އިން ފާހަގަކޮށްލެވޭ އެއް ބޭފުޅެވެ. އޭނަ އަކީ ކުރިން އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ އައިޑީ) ގެ ނަމުގައި ޕާޓީއެއް ހައްދަވައިގެން ވެސް ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެކަމަކު 2005 ގައި އުފެއްދި ޕާޓީ 2013 ގައި ވަނީ އުވާލައިފަ އެވެ.