Last Updated: April 23, 11:10
Tuesday, April 23, 2024
ޚަބަރު

އާސަންދަ އިން މާލެ ސަރަހައްދަށް ބޮޑު ހޭދައެއް

މި އަހަރުގެ މެއި މަހާ ހަމައަށް މާލެ ސަރަހައްދުން އާސަންދަ މެދުވެރިކޮށް ސިއްހީ ހިދުމަތް ހޯދި މީހުންނަށް ކުރި ހޭދަ އަތޮޅުތަކުން ހިދުމަތް ހޯދި މީހުންނަށް ކުރި ހޭދައަށް ވުރެ ދެގުނަ ބޮޑު ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނީގެ ތަފާސްހިސާބު ދައްކާ ގޮތުން މި އަހަރުގެ މެއި މަހާ ހަމައަށް މާލެ ސަރަހައްދުން އާސަންދައިގެ ހިދުމަތް 70،361 މީހަކު ހޯދި އިރު، ހަރަދަށް 127.5 މިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ. އަތޮޅު ތެރެއިން ހިދުމަތް ހޯދި މީހުންގެ އަދަދު މާލެ ސަރަހައްދަށް ވުރެ އިތުރު ނަމަވެސް ހަރަދަށް ދިޔައީ 70 މިލިއަން ރުފިޔާ އެވެ. ހިދުމަތް ހޯދި މީހުންގެ އަދަދަކީ 72،383 އެވެ. އެއީ މާލެ ސަރަހައްދުން ހިދުމަތް ހޯދި އަދަދަށް ވުރެ 1،752 މީހުންގެ އިތުރުވުމެކެވެ.

ނަމަވެސް މާލެ ސަރަހައްދުން ހިދުމަތް ހޯދި މީހުންގެ ހަރަދާއި އަތޮޅުތެރޭގެ މީހުންގެ ހަރަދާ އަޅާބަލާ އިރު 57.5 މިލިއަން ރުފިޔާގެ ފަރަގެއް އެބަހުއްޓެވެ.

އާސަންދައިގެ ދަށުން މެއި މަހާ ހަމައަށް ރާއްޖޭން ބޭރު ހިދުމަތް ހޯދީ 759 މީހެކެވެ. އެކަމަށް ހޭދަވެފައި ވަނީ 28 މިލިއަން ރުފިޔާ އެވެ.

އާސަންދަ އަކީ ސަރުކާރުން ރައްޔިތުންނަށް ދޭ ހެލްތު އިންޝުއަރެންސް ހިދުމަތެކެވެ.