Last Updated: May 16, 01:00
Thursday, May 15, 2025
ޚަބަރު

ހިތަދޫ ސްކޫލް ޕްރިންސިޕަލަކަށް އާސިޔަތު

ހިތަދޫ ސްކޫލްގެ ޕްރިންސިޕަލަކަށް އެ ސްކޫލްގެ ޑެޕިޔުޓީ ޕްރިންސިޕަލަކަށް ހުންނެވި ހިތަދޫ ގުލްފާމުގޭ އާސިޔަތު މުހައްމަދު ދީދީ ހަމަޖައްސައިފި އެވެ.

އެނގިފައިވާ ގޮތުގައި ހިތަދޫ ގުލްފާމްގޭ އާސިޔަތު އެ މަގާމަށް ހަމަޖެއްސެވީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

ހިތަދޫ ސްކޫލްގައި 2011 ވަނަ އަހަރު ސެކަންޑްރީ ލެވެލް އަށް ކިޔަވައި ދޭން ފެށި އިރު ޑެޕިޔުޓީ ޕްރިންސިޕަލެއްގެ ގޮތުގައި ހުންނެވި އާސިޔަތު އެއަހަރު ސްކޫލުން ވަކިވެވަޑައިގަތީ މަތީ ތައުލީމު ހާސިލް ކުރެއްވުމަށް ރާާއްޖޭން ބޭރަށް ވަޑައިގެންނެވުމަށެވެ.

މީގެ ކުރިން ހިތަދޫ ސްކޫލްގެ ޕްރިންސިޕަލަކަށް ހުންނެވީ ރ. ހުޅުދުއްފާރުގެ މުހައްމަދު ޝުކުރީ އެވެ.