Last Updated: July 27, 15:08
Saturday, July 27, 2024
ޚަބަރު

މުފްތީ މެންކުގެ ދަރުސް 30 ގައި އައްޑޫގައި

ހިތަދޫ ނޫރާނީ ސްކޫލްގައި ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އިސްމާއީލް އިބްނު މޫސާ މެންކު ބޭއްވި "އަ މެސެޖް ޓު މުސްލިމް ޔޫތު" ޕަބްލިކް ލެކްޗަރގެ ތެރެއިން. މި ލެކްޗަރ އަށް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ދެ ހާހެއްހާ މީީހުން ވަނީ ޖަމާވެފައި

ޒިމްބާބްވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއީލް މެންކްގެ ދަރުހެއް މި މަހު 30 ގައި އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ދަރުސް އޮންނާނީ އެ ދުވަހުގެރޭ 8:45 ގައި ސިޓީ ސްކޮޔާ ސަރަހައްދުގައި ކަމަށެވެ.

މުފްތީ މެންކް ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި މި މަހުގެ 28 ވަނަ ދުވަހުގެ ރޭ ފުރަތަމަ ދަރުސް އޮންނާނީ މާލޭގެ ކާނިވާ ސަރަހައްދުގަ އެވެ. ދެވަނަ ދަރުސް މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ފުވައްމުލަކުގެ ރަސްމީ ފުޓްބޯޅަ ދަނޑުގައި ބޭއްވުމަށް ފަހު ތިން ދަރުސް އައްޑޫގައި ބާއްވާއިރު ފަހު ދަރުސް މި މަހުގެ 31 ވަނަ ދުވަހުގޭ އޮންނާނީ ހުޅުމާލޭގަ އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި އިސްލާމް ދީނުގެ ދައުވަތު ދެއްވައި، އެ ދީން ފެތުރުއްވުމަށް މަސައްކަތްކުރައްވާ މުފްތީ މެންކް އެންމެ ފަހުން ރާއްޖެ ވަޑައިގެންނެވީ 2020 ގަ އެވެ. އެ ފަހަރު ވެސް އައްޑޫގައި ދަރުސް ދެއްވި އެވެ.