Last Updated: July 4, 06:42
Friday, July 4, 2025
ވިޔަފާރި

ފޮކްސްކޮން އިން އީވީ އުފައްދަނީ

ޓައިވާނުގައި އައިފޯން އުފައްދާ ކުންފުނި، ފޮކްސްކޮން އިން އީވީ ނުވަތަ އިލެޓްރިކް ކާރު އުފައްދައި، އެ މާކެޓްގައި ނަގާ ކިޔާ ބަޔަކަށް ވާން މަސައްކަތްކުރަން އަތުކުރި އޮޅާލައިފި އެވެ.

މިކަން ހާމަކޮށްފައި ފޮކްސްކޮން އިން އުފެއްދި އީވީގެ ދެ މޮޑެލްއެއް ދައްކައިލަން ނިމުނު ހަފުތާގެ ފަހުކޮޅު ޓައިޕޭގައި ބޭއްވި އިވެންޓެއްގަ އެވެ. އިވެންޓްގައި ކުންފުނީ ޗެއާމަން ލިއު ޔަންގް-ވޭ ވިދާޅުވީ އީވީ އުފެއްދުމުގެ ކުރިއަތުލުމުގެ ވަރަށް ބޮޑު ޓާގެޓެއް ކަމަށާއި މިހާރު އަމާޒު ހިފާފައި އޮތީ 2025 އާ ހަމައަށް އަންނަ އިރު، ދުނިޔޭގައި އުފައްދާ އީވީގެ ފަސް ޕަސެންޓް ފޮކްސްކޮން އިން އުފެއްދުމެވެ.

އޭނާ ވިދާޅުވި ގޮތުގައި ފޮކްސްކޮންގެ ކުރިމަގު ބައްޓަން ކުރަން ރާވާފައިވާ ޕްލޭންގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ އެތަނުގެ މަސައްކަތުގެ 45-45 ޕަސެންޓަކީ ސްމާޓްފޯނާއި ކޮމްޕިއުޓަރު އުފެއްދުމަށް ހެދުމެވެ. އަދި އީވީ އުފައްދަން ފެށި ނަމަވެސް ސީދާ ފޮކްސްކޮންގެ ނަމުގައި އީވީ މާކެޓަށް ނެރެން ނިންމާފައި ނުވާ ކަމަށް ލިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭނުން ވަނީ އެހެން އެހެން ކުންފުނިތަަކަށް އެ ބާވަތުގެ އުފެއްދުން ތައްޔާރުކޮށް ދިނުމެވެ. އެގޮތުން މިހާރު ވެސް ބައެއް ކުންފުނިތަކުން އެ މީހުންނާ އެކު އެގްރިމަންޓްތައް ހަދާފައިވާ ކަމަށް ޗެއާމަން ވިދާޅުވި އެވެ. އޭގެ ތެރޭގައި އެމެރިކާގެ ފިސްކާ އިންކް އާއި އިންޑީ އީވީ ހިމެނެ އެވެ.

ފޮކްސްކޮން އިން އީވީ އަށް ފެށި މަސައްކަތްތަކާ އެކީ އެމެރިކާ އާއި ސީދާ ޓައިވާނުގައި މި މަސައްކަތްކުރަން ނިންމާފައިވެ އެވެ.