Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ކުރެންދޫ އާ މިސްކިތުގެ ބިންގާ އަޅައިފި

ޅ. ކުރެންދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ އަޅުއްވައި ދެއްވައިފި އެވެ.

އިއްޔެ އެ ރަށުގައި މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަނީ ޢަބްދުލް ހަކީމާއި، ކުރެންދޫ ކައުންސިލުގެ ރައީސް އިސްމާޢީލް މަދީހު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ މިސްކިތް އިމާރާތްކުރަން މިމްސް ކޮންސްޓްރަކްޝަނާ ހަވާލުކުރީ މި އަހަރުގެ މެއި މަހުގެ 11 ގަ އެވެ. މަސައްކަތް ފަށާތާ އަހަރެއްގެ ތެރޭގައި ނިންމާ ގޮތަށް މި މަސައްކަތް ޙަވާލުކުރީ 14,2 މިލިއަން ރުފިޔާއަށެވެ.

ކުރެންދޫ މޮ މިސްކިތަކީ ފިރިހެނުންނާއި އަންހެނުންނަށް ވެސް ނަމާދުކުރެވޭ ގޮތަށް އިމާރާތްކުރާ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ.