Last Updated: April 25, 12:03
Thursday, April 25, 2024
ދުނިޔެ

އިންސްޓަ ޕޯސްޓްތައް ޝެޑިއުލްކުރަނީ

އިންސްޓަގްރާމަށް ލާން ބޭނުންވާ އެއްޗެހި ޝެޑިއުލްކުރެވޭ ފީޗާ ޓެސްޓްކުރަން ފަށައިފި އެވެ.

ފޭސްބުކް ވެސް ހިންގާ މެޓަގެ ދަށުން ހިންގާ އިންސްޓަގްރާމްގެ ތަރުޖަމާނު ވިދާޅުވީ ޝެޑިއުލްކުރެވޭ ފީޗާ މިހާރު ބައެއް ހިސާބުތަކުގެ ލިމިޓެޑް ކަސްޓަމަރުންނާ އެކީ ޓެސްޓްކުރަމުން އަންނަ ކަމަށެވެ. އެގޮތުން އާންމު ޕޯސްޓްތަކާއި ރީލްސް އަށް ވެސް ލާން ބޭނުންވާ އެއްޗެހި އެ މީހަކު ބޭނުންވާ ވަކި ގަޑިއަކު އަޕްލޯޑްކުރެވޭ ގޮތަށް ވަގުތު ޝެޑިއުލްކުރެވޭ ގޮތް ޓެސްޓްކުރަމުން އަަންނަ ކަމަށް ވިދާޅުވި އެވެ.

އިންސްޓަގްރާމުން ބުނި ގޮތުގައި މިއީ ތަޖުރިބާކުރުމުގެ މަރުހަލާއެކެވެ. އަދި މިކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ވެސް ނުދެ އެވެ. އެހެންވެ ޝެޑިއުލްކުރެވޭ ފީޗާ އާންމުކޮށް ދޫކޮށްލާނެ އިރެއް އަދި ނޭނގެ އެވެ. އެކަމަކު އަނެއްކާ ވެސް އާ ބަދަލެއް ގެނެސްދޭން އިންސްޓަގްރާމުން މަސައްކަތްކުރާތީ އެ ވާހަކަ ބައެއް މީހުން އަންނަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

ސޯޝަލް މީޑިއާގެ އެންމެ މަގުބޫލު ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ އިންސްޓަގްރާމަށް މި ފަހު އެކިއެކި ބަދަލުތައް ގެނެސްފައިވެ އެވެ.