Last Updated: April 18, 22:36
Friday, April 19, 2024
ޚަބަރު

ލެޕަރޮސްކޯޕިކް ސާޖަރީ ކުޅުދުއްފުށިން

ކުޅުދުއްފުށީ ސިޓީގެ ރީޖަނަލް ހޮސްޕިޓަލުގައި ލެޕަރޮސްކޯޕިކް ސާޖަރީތައް ފެށުމަށް ތައްޔާރުވާން ފަށައިފި އެވެ.

މިކަންވެގެން ދާނީ މާލޭން ބޭރުގައި ރާއްޖޭގައި އެ އޮޕަރޭޝަންކުރާ ފުރަތަމަ ސަރަހައްދަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ އައިޖީއެމްއެޗާ ގުޅިގެން އެ ސިޓީގައި ލެޕަރޮސްކޯޕިކް ސާޖަރީތައް އަންނަ މަހުގެ 6 ވަނަ ދުވަހު ފަށަން ނިިންމައި އެކަމަށް ބޭނުންވާ މެޝިނަރީތައް ވެސް ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުން އަންނަނީ އޭގެ އިންސްޓޮލޭޝަންގެ މަސައްކަތް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެގޮތުން ރާއްޖޭގެ އުތުރުގެ އެންމެ ބޮޑު ހޮސްޕިޓަލުން ބުނީ ޕްލާސްޓިކް ސާޖަރީގެ ދާއިރާގެ ފުރަތަމަ ސަބް ސްޕެޝަލިސްޓް ޑރ. މުހައްމަދު ވަހީދާއި ލެޕަރޮސްކޯޕިކް ސާޖަރީތަކުގެ ތަޖުރިބާކާރު ޑޮކްޓަރު، ޖެނެރަލް ސާޖަން، ޑރ. އަބްދުﷲ އިސް ނަންގަވައިގެން ސާޖަރީތައް ކުޅުދުއްފުށީގައި އަންނަ މަހުގެ 6-9 އަށް ކުރިއަށް ގެންދާނެ ކަމަވެ.

ލެޕަރޮސްކޯޕިކް ސާޖަރީ އަކީ ބަނޑުގައި ކުޑަ ލޯވަޅެއް ނުވަތަ ލޯވަޅުތަކެއް އަޅައިގެން ކެމެރާގެ އެހީގައި ބަލައިގެން ކުރެވޭ ލުއި އޮޕަރޭޝަންތަކެކެވެ.