Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

މުފްތީ މެންކްގެ ފުރަތަމަ ދަރުސް މިރޭ

ދަރުސް ޓުއާއެއްގައި އިއްޔެ ރާއްޖެ ވަޑައިގެންނެވި މުފްތީ މެންކްގެ ފުރަތަމަ ދަރުސް މިރޭ މާލޭގައި ބާއްވަން ތައްޔާރީތައްވެއްޖެ އެވެ.

މި ދަރުސް ބާއްވަން ހަމަޖެހިފައި ވަނީ މިރޭ 8:45 ގައި މާލެ ކާނިވާ ސަރަހައްދުގަ އެވެ. ދަރުސްގައި މުފްތީ މެންކް ވާހަކަ ދައްކަވާނީ "ޑިޕްރެޝަން، އެންޒައިޓީ އެންޑް ސްޓްރެސް" މި މައުޟޫއަށެވެ.

ޒިމްްބާބުވޭ އަށް ނިސްބަތްވާ ދީނީ އިލްމުވެރިޔާގެ ރާއްޖޭގެ މި ފަހަރުގެ ދަރުސް ޓުއާގައި މާދަމާ ރޭ ދަރުސް ދެއްވާނީ ފުވައްމުލަކުގަ އެވެ. އަދި މި މަހުގެ 30 ވަނަ ދުވަހުގެ ރޭ އައްޑޫގައި ދަރުސް ދެއްވުމަށް ފަހު، ފަހު ދަރުސް ދެއްވާނީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގަ އެވެ.

މުފްތީ މެންކް އެންމެ ފަހުން ރާއްޖެ ވަޑައިގެންނެވީ 2020 ގަ އެވެ. އަދި އެންމެ ކުރިން ރާއްޖެ ވަޑައިގަތީ 2015 ގަ އެވެ.