Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

މުފްތީ މެންކްގެ ދަރުސް މިރޭ ފުވައްމުލަކުގައި

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކްގެ ދަރުސް މިރޭ ފުވައްމުލަކުގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.

އެ ސިޓީގައި ދަރުސް ބާއްވަން ހަމަޖެހިފައި ވަނީ މިރޭ 8:45 ގައި ހާފިޒު އަހުމަދު ސްކޫލްގަ އެވެ. މެންކް ދަރުސް ދެއްވާނީ "އިސްލާމް، ކައިންޑްސް އެންޑް ބެނެވޮލެންސް" މި މައުޟޫއަށެވެ.

އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން ޒިމްބާބުވޭގެ ދީނީ އިލްމުވެރިޔާ ރޭ ވަނީ މާލޭގައި ވެސް ދަރުސް ދެއްވައިފަ އެވެ. އެ ދަރުހުގެ މައުޟޫއަކީ "ޑިޕްރެޝަން، އެންޒައިޓީ އެންޑް ސްޓްރެސް" އެވެ. އެ މައުޟޫއާ ގުޅޭ ގޮތުން ވަރަށް ތަފުސީލުކޮށް ވާހަކަ ދައްކައި، ނަފުސާނީ އެފަދަ އުނދަގޫތައް ދިމާވާ ސަބަބުތަކާއި އެކަންކަމުން އަރައިގަތުމާއި ރައްކާތެރިކަން ހޯދޭނެ ގޮތްތަކާ ބެހޭ ގޮތުން ދީނީ ނަޒަރުން މެންކް ވާހަކަ ދެއްކެވި އެވެ.

މިރޭ ފުވައްމުލަކުގައި ދަރުސް ދެއްވުމަށް އޭނާ މާދަމާ ރޭ އައްޑޫގައި ދަރުސް ދެއްވާނެ އެވެ. އަދި މި ފަހަރުގެ ދަރުސް ޓުއާ ނިންމައިލާނީ 31 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ބާއްވާ ދަރުހަށް ފަހު އެވެ.

މެންކް އެންމެ ފަހުން ރާއްޖެ ވަޑައިގަތީ 2020 ގަ އެވެ. އަދި އެންމެ ކުރިން ރާއްޖެ ވަޑައިގަތީ 2015 ގަ އެވެ.