Last Updated: March 28, 16:36
Thursday, March 28, 2024
ޚަބަރު

ރާއްޖޭގައި ހެދޭ ގަހާ ބެހޭ ފޮތެއް ނެރެފި

ރާއްޖޭގައި އާންމުކޮށް ހެދޭ 55 ގަސްގަހާގެެއްސެއްގެ މައުލޫމާތު ހިމެނޭ ފޮތެއް ކުރަމަތި ރިސޯޓުން ނެރެފި އެވެ.

ބުރާސްފަތި ދުވަހު އެ ރިސޯޓުގައި އޮތް ހަފުލާއެއްގައި "ކުރަމަތި ކުއިކް ގައިޑް ޓު ޕްލާންޓްސް އިން ދަ މޯލްޑިވްސް" ގެ ނަން ދީފައިވާ ފޮތް ނެރެދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މި ފޮތަކީ ޑރ. ޝާފިޔާ އައިމިނަތާއި ޑރ. ޗަނަކަ ތަލްޕަހެވަ ލިޔުއްވި ފޮތެކެވެ.

ފޮތުގައި ރާއްޖޭގައި ހެދޭ ގަސްގަހާގެހީގެ 55 ބާވަތަކާ ބެހޭ "ބޮޓެނިކަލް" މައުލޫމާތު ހިމެނެ އެވެ. އަދި ފޮތުގައި ހިމެނޭ ކޮންމެ ގަހެއްގެ ސައިންޓިފިކް ނަމާ އެކީ، ދިވެހި ބަހުން އެ ގަހަކަށް ކިޔާ ނަން ވެސް ހިމަނާފައިވެ އެވެ.

ފޮތުގައިވާ ހިިމެނޭ ކުރެހންތައް ތައްޔާރުކުރީ ރާއްޖޭގެ މަޝްހޫރު އަށް އާޓިސްޓެކެވެ. "ކުރަމަތި ކުއިކް ގައިޑް ޓު ޕްލާންޓްސް އިން ދަ މޯލްޑިވްސް" ޝާއިއުކުރީ ނަޝީދު ހިންގަވާ އޯޝަން ޕަބްލިޝާޒް އިންނެވެ. އަދި ފޮތުގެ އާޓްވޯކްގެ މަސައްކަތްކުރީ އިމޭޖް ވިލެޖް ސްޓޫޒިއޯސްއިންނެވެ.