Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

މުފްތީ މެންކަށް ފުވައްމުލަކުން ހޫނު މަރުހަބާއެއް

މިރޭ ފުވައްމުލަކުގައި ބާއްވާ ދަރުހަށް ދީނީ އިލްމުވެރިޔާ މުފްތީ މެންކް އެ ސިޓީ އަށް ވަޑައިގަތުމާ ގުޅިގެން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ޒިމްބާބުވޭގެ ދީނީ އިލްމުވެރިޔާ އާއި އިސްލާމިކް މިނިސްޓްރީގެ ޓީމަށް ފުވައްމުލަކުން މަރުހަބާކީ ފުވައްމުލަކު ސިޓީ ކައުންސިލުންނެވެ. މުފްތީ މެންކްއާ އެކީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އާއި އިސްލާމިކް މިނިސްޓްރީގެ ބައެއް ސްޓޭޓް މިނިސްޓަރުން ވެސް ފުވައްމުލަކަށް ވަޑައިގެންނެވި އެވެ.

މެންކް މިރޭ އެ ސިޓީގައި ދަރުސް ދެއްވާނީ ހާފިޒު އަހުމަދު ސްކޫލްގަ އެވެ. މިރޭ 8:45 ގައި ފަށާ ދަރުހުގެ މައުޟޫ އަކީ "އިސްލާމް، ކައިންޑްސް އެންޑް ބެނެވޮލެންސް" ނުވަތަ "އިސްލާމްކަން، އޯގާތެރިކަމާއި ހިތްހެޔޮކަން" މި މައުޟޫއަށެވެ.

މިރޭ ފުވައްމުލަކުގައި ދަރުސް ދެއްވުމަށް ފަހު މުފްތީ މެންކް މާދަމާ އައްޑު އަށް ވަޑައިގެން މާދަމާ ރޭ ހިތަދޫގައި ދަރުސް ދެއްވާނެ އެވެ.

އޭނާ ރޭ މާލޭގައި ދަރުސް ދެއްވާފައިވާ އިރު، ދަރުސް ޓުއާ ނިންމައިލާނީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ބާއްވާ ދަރުހާ އެކީގަ އެވެ.