Last Updated: March 29, 10:07
Friday, March 29, 2024
ޚަބަރު

އަބޫގެ އަލިދީދީ އަވަހާރަވެއްޖެ

އައްޑޫ ފޭދޫގެ ކަތީބުކަން ވަރަށް ގިނަ ދުވަހު ކުރައްވާފައިވާ އަލީ މުހައްމަދުދީދީ (އަބޫގެ އަލިދީދީ) އަވަހާރަވެއްޖެ އެވެ.

އުމުރުން 83 އަހަރުގައި އޭނާ އަވަހާރަވީ މިއަދުގެ ވަގުތެއްގައި މާލޭގަ އެވެ. މިދިޔަ އަހަރު ވަރަށް ބޮޑަށް ބަލިވެގެން މާލެ އަށް ވަޑައިގެންނެވި ގޮތަށް އަލިދީދީ އުޅުއްވަމުން ގެންދެވީ މާލޭގައި ދިރިއުޅެމުން އަންނަ ދަރިންތަކަކާ އެކީގަ އެވެ. އޭނަ އަކީ ކަބީތުކަން ކުރެއްވި ދުވަސްވަރު ފޭދު އަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އަދި ފޭދޫ ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ހޯއްދަވާފައިވާ ބޭފުޅެކެވެ.


އަލިދީދީގެ ދަރިންގެ ތެރޭގައި މަރަދޫފޭދޫ ސްކޫލްގެ ޕްރިންސިޕަލް ފާތުމަތު ހަފުސާ އާއި ކުރީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ހިންގެވުމުގައި ދުވަސްތަކެއް ވަންދެން އުޅުއްވި ހަދީޖާ ހަފުސާ ހިމެނެ އެވެ.

އަލިދީދީދީގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ މިއަދު މެންދުރު ނަމާދަށް ފަހު ހުޅުމާލޭގެ ސަހަރާ މިސްކިތުގަ އެވެ.