Last Updated: April 19, 18:08
Friday, April 19, 2024
ޚަބަރު

"މަސްވެރިންގެ އެޕް" ލޯންޗްކުރަނީ

މި އަހަރުގެ މަސްވެރިންގެ ދުވަހާ ދިމާކޮށް "މަސްވެރިންގެ އެޕް" ލޯންޗްކުރަން ނިންމައިފި އެވެ.

މަސްވެރިންނާ ގުޅުން ހުރި ވަރަށް ގިނަ މައުލޫމާތު ލިބޭ، މަސްވެރިންނާ ގުޅުން ހުރި ހިދުމަތްތައް ވެސް ފަސޭހައިން ހޯދޭނެ ގޮތަށް ލޯންޗްކުރާ މި އެޕެކީ މަސްވެރިކަމުގެ ދާއިރާ އަށް ޒަމާނީ ބަދަލުތައް ގެންނަން ކުރާ މަސައްކަތުގެ ބައެކެވެ.

"މަސްވެރިންގެ އެޕް" އާ ބެހޭ ގޮތުން ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވީ އެޕް މިހާރު ޓެސްޓްކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެޕްމެދުވެރިކޮށް މަސްވެރިންނަށް މިފްކޯ އިން ދޭ ހިދުމަތްތައް ވަރަށް ފަސޭޙަކޮށް ލިބިގެން ދާނެ އެވެ.

"އަޅުގަނޑުމެންގެ އެޕްލިކޭޝަން ރެޑީ، މިހާރު ދޯނިފަހަރާ އެކީ އެކު ޓެސްޓިން މަރުހަލާ ކުރިއަށް އެބަދޭ. އެޕްލިކޭޝަނުން ވަރަށް ރަނގަޅު މައުލޫމާތުތަކެއް ލިބިގެންދާނެ،" ފައުޒީ ވިދާޅުވި އެވެ. "އެގޮތުން އޮޑިވެރިޔާ ގޭގައި ހުންނަ އިރު، އޭނާގެ ދޯނިން މަސް ކިރައިފިއްޔާ ނޮޓިފިކޭޝަނެއް ދާނެ، ބިލް ފެންނާނެ، ދޯނީގެ އޮޑިވެރިޔާ އަދި ކެޔޮޅަށް މިފްކޯގެ ކެޕޭސިޓީ ހުރި ވަރު ވެސް ބަލާލެވޭނެ."

މީގެ އިތުރުން ދޯނިތަކުން މަސް ކިރާފައި ހުރި މިންވަރާ ގުޅޭ ތަފާސްހިސާބުތައް ވެސް އެޕުން ބަލައިލެވޭނެ އެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައު ފާހަގަކުރަނީ ޑިސެމްބަރު 10 އެވެ. އެ ދުވަސް ފާހަގަކުރަމުން އަންނަނީ 1981 އިން ފެށިގެންނެވެ.