Last Updated: April 20, 13:37
Saturday, April 20, 2024
ޚަބަރު

މުފްތީ މެންކް އައްޑު އަށް ވަޑައިގެންފި

މިރޭ އައްޑޫގައި ބާއްވަން ހަމަޖެހިފައިވާ ދަރުހަށް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް އައްޑު އަށް ވަޑައިގެންފި އެވެ.

މެންކް އާއި އިސްލާމިކް މިނިސްޓްރީގެ ޓީމަށް އައްޑޫން މަރުހަބާކީ އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނެވެ. މެންކްގެ ދަރުސް މިރޭ އޮންނާނީ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގަ އެވެ. މިރޭ 8:45 ގައި ފަށާ އެ ދަރުހުގެ މައުޟޫއަކީ "ޕްރޮޑަކްޓިވް މުސްލިމް" ނުވަތަ "އުފެއްދުންތެރި މުސްލިމް" އެވެ.

މުފްތީ މެންކް ރޭ ފުވައްމުލަކުގައި އަދި މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ވެސް ދަރުސް ދެއްވާފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ޒިމްބާބުވޭގެ ދީނީ އިލްމުވެރިޔާ ރާއްޖެ އަށް ކުރައްވާ ދަރުސް ޓުއާ ނިންމައިލާނީ މާދަމާ ރޭ ހުޅުމާލޭގައި ބާއްވާ ދަރުހާ އެކީގަ އެވެ.

މުފްތީ މެންކް މިރޭ އައްޑޫގައި ދަރުސް ދެއްވާ އިރު، އޭނަ 2018 ގައި ރާއްޖެ އަށް ކުރެއްވި ދަތުރުގައި ވެސް އައްޑޫގައި ދަރުސް ދެއްވި އެވެ.