Last Updated: April 24, 18:14
Wednesday, April 24, 2024
ޚަބަރު

ދަރުހަށް ހިތަދު އަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިފި

މިރޭ އައްޑޫ ހިތަދޫގައި އޮންނަ މުފްތީ މެންކްގެ ދަރުހަށް އައްޑޫގެ ހުރިހާ އަވަށަކުން ވެސް މީހުން ގެންދިއުމުގެ އިންތިޒާމު ހަމަޖަސާފައިވާ ކަަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އެގޮތުން ވަކިން އޮންނަ ހުޅުމީދޫން ހިތަދު އަށް ތިން ލޯންޗެއް މެންކްގެ ދަރުހަށް މީހުން އުފުލުމަށް ވަނީ ހަމަޖައްސައިފަ އެވެ. ފުރަތަމަ ފެރީ މިއަދު 3:15 ގައި ފުރާ އިރު، މިއީ ސްކޫލު ދަރިވަރުންގެ ސެޝަނަށް ބާއްވާ ދަތުރެކެވެ. މި ފެރީ ދަރިވަރުންގެ ސެޝަނަށް ފަހު 6:00 ގައި ހިތަދޫން ހުޅުމީދު އަށް ފުރާނެ އެވެ.

އާންމުން ދަރުހަށް ގެންދިއުމަށް އާރްޓީއެލްގެ ދެ ސްޕީޑް ފެރީ ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން ޖުމްލަ 48 މީހުންގެ ޖާގައިގެ މި ދެ ފެރީގައި މީހުން އުފުލާނެ ކަމަށް ކައުންސިލުން ބުންޏެވެ. މި ފެރީތައް ފުރަން ހަމަޖެހިފައި ވަނީ މިރޭ 7:45 ގަ އެވެ. އަދި އަނބުރާ ރަށަށް ދިއުމަށް ފުރާނީ މިރޭ 11:00 ގަ އެވެ.

މިއިން ކޮންމެ ފެރީއަކުން ވެސް ބަސް ދަތުރު ހުރިހާ ކޮޅަކުން ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ހުޅުމީދޫން ދަރުހަށް ދާން ބޭނުންވާ މީހުންނަށް 6894655 އާއި 7789046 ނަމްބަރުން ނަން ނޯޓް ކުރެވޭނެ އެވެ.

މީގެ އިތުރުން އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ދަރުހަށް މީހުން އުފުލުމަށް ބަސް ދަތުރު ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން ފޭދޫ، މަރަދޫ-ފޭދޫ އަދި މަރަދޫން 50 މީހުންގެ ބަހެއް މިރޭ 8:00 އަށް ހަމަޖެހިފައިވެ އެވެ. މި ބަސް ދަތުރު ކުރާނީ ބޮޑުމަގު ރޫޓުންނެވެ. ހިތަދޫގެ އެތެރެ އިން މީހުން ގެންދާ ބަސް 8:15 ގައި އޭއީޗް ބަސް ސްޓޮޕް އިން ނައްޓައިލާނެ އެވެ. އަދި އާރްޓީއެލް ބަސް ސްޓޮޕްތަކުން މި ބަހުން ވެސް މީހުން އުފުލަމުން ދާނެ އެވެ.

މުފްތީ މެންކް އައްޑު އަށް މިހާރު ވަޑައިގެންފައިވާ އިރު، އައްޑޫން ހޫނު މަރުހަބާއެއް ވަނީ ކިޔާފައިވެ އެވެ.

ދަރުސް މިރޭ އޮންނާނީ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގަ އެވެ. މިރޭ 8:45 ގައި ފަށާ އެ ދަރުހުގެ މައުޟޫއަކީ "ޕްރޮޑަކްޓިވް މުސްލިމް" ނުވަތަ "އުފެއްދުންތެރި މުސްލިމް" އެވެ.