Last Updated: April 20, 10:23
Saturday, April 20, 2024
ޚަބަރު

ދައުރުވަމުން ދަނީ އަސްލެއް ނެތް ވީޑިއޯއެއް

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން ދަނީ އަސްލެއް ނެތް ވީޑިއޯއެއް ކަމަށް ބާރަށު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މެމްބަރު އަހުމަދުގެ ބަރަހަނާ ވީޑިއޯއެއް ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އޭނާ ވިދާޅުވީ ދައުރުވަމުން ދަނީ އެއްވެސް އަސްލެއް ނެތް ވީޑިއޯއެއް ކަމަށެވެ. އަދި އެކަމުން ބަރީއަވާ ކަމަށްވެސް އަހުމަދު ވިދާޅުވި އެވެ.

މިފަދަ ވީޑިއޯއެއް އާންމުވެފައިވާއިރު ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކީ އެއްޖިންސުން ގުޅުން ހިންގި ގިނަ ބައެއްގެ ވީޑިއޯތަކެއް ވެސް ދާދިފަހުން ވަނީ އާންމުވެފަ އެވެ. އަލަމްގީރާއެކު ގުޅުން ހިންގި މައްސަލާގައި ބައެއް ފަރާތްތަކުގެ މައްޗަށް ދައުވާ ވެސް ވަނީ އުފުލާފަ އެވެ.

އެގޮތުން އަލަމްގީރާ ގުޅުން ހިންގައިގެން ކުށް ސާބިތުވެ ހުކުމް އިއްވާފައިވާ މީހުންގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި ކުރިން މަސައްކަތްކުރި އަބްދުއްރަހުމާން ރަފީއު (ދޮންދިގު) ހިމެނެ އެވެ. ނާޒިމަށް އިއްވީ ތިން މަހާއި 26 ދުވަހުގެ ގޭބަންދުގެ ހުކުމެކެވެ. ދޮންދިގަށް އިއްވީ އެއް އަހަރުގެ ޖަލު ހުކުމެކެވެ.

އަލަމްގީރާ ގުޅުން ހިންގައިގެން ދައުވާކުރި މީހުންހެ ތެރޭގައި މުހައްމަދު ނަޝީދު (ކާނަލް) ވެސް ހިމެނެ އެވެ. އޭނާގެ މައްސަލަ އަދިވެސް ދަނީ ކުރިއަށެވެ.

ގިނަ އަދަދެއްގެ ބަޔަކާ އެކީ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އަލަމްގީރް ހަތް މަހަށް އަދި އޮރިޔާންކާޑު އުފެއްދި މައްސަލައިގައި ތިން އަހަރާއި ނުވަ މަހަށް ޖަލަށްލާފައިވެ އެވެ.