Last Updated: May 8, 16:47
Wednesday, May 8, 2024
ޚަބަރު

ނަޝްވާގެ ހަށިގަނޑު އައްޑު އަށް ގެންނަނީ

ޓްރެއިނިންގެ ތެރޭގައި އުޅެނިކޮށް ގެނބިގެން އިއްޔެ މަރުވި ނަޝްވާ ނަސީމުގެ ޖަނާޒާ އައްޑޫގައި ބާއްވަން ނިންމައިފި އެވެ.

ހިތަދޫ އަސުރުމާގޭ ނަޝްވާ، 18، ގެ ހަށިގަނޑު މި ވަގުތު އޮތީ ގަލޮޅު ސަހަރާގެ މޯޗަރީގަ އެވެ. އޭނަގެ ޖަނާޒާ އައްޑޫގައި ބާއްވަން އާއިލާ އިން ވޭނުންވާތީ ހަށިގަނޑު މިއަދުގެ ވަގުތެއްގައި އައްޑު އަށް ގެންނަން ވަނީ ނިންމައިފަ އެވެ.

މޯލްޑިވްސް ކަރެކްޝަން ސާވިސްގެ ޓްރެއިނިންގެ ތެރޭގައި މޫދުގައި އުޅެނިކޮށް ގެނބިގެން ނަޝްވާ މަރުވީ އިއްޔެގެ ހެނދުނުގެ ވަގުތެއްގަ އެވެ.

މިކަމާ ގުޅިގެން ކަރެކްޝަންސް ބުނީ، ފެތުމާ ބެހޭ ސެޝަންގައި އިއްޔެ ހެނދުނު 11:30 ހާއިރު ފަތަން އުޅުމުގެ ތެރޭގައި ނަޝްވާ އަށް އާދަޔާހިލާފު ގޮތްތަކެއްވާކަން ފާހަގަކުރެވިގެން އޭނާ ވަގުތުން މޫދުން ނެގި ކަމަށެވެ. އޭރު ހަށިގަނޑުގެ ވިންދު އޭރު ނެތްކަން ފާހަގަކުރެވިގެން، އަވަސް ފަރުވާ ދޭން މާފުށީ ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށް ބުންޏެވެ. އަދި އެތަނުގެ ޑޮކްޓަރުގެ ލަފާގެ މަތިން އިމަޖެންސީގައި ވަގުތުން މާލެ ގެންގޮސް އައިޖީއެމްއެޗުގައި އަވަސް ފަރުވާދިން ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.

ނަމަވެސް ނަޝްވީ މަރުވީ ފަރުވާ ދެނިކޮށް ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.