Last Updated: April 25, 22:40
Thursday, April 25, 2024
ޚަބަރު

މެންކްގެ ދަރުސް ނިންމާލާނީ މިރޭ ހުޅުމާލޭން

ޒިމްބާބުވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރާއްޖެ އަށް މިހާރު ކުރައްވާ ދަތުރުގެ ތެރެއިން ބާއްވާ ފަހު ދަރުސް މިރޭ ހުޅުމާލޭގައި ބާއްވައި، ދަރުސް ޓުއާ ނިންމާލަން ތައްޔާރުވެއްޖެ އެވެ.

ހުޅުމާލޭގައި ދަރުސް ފަށާނީ މިރޭ 8:45 ގައި ސިންތެޓިކް ޓްރެކްގަ އެވެ. ދަރުހުގެ މައުޟޫ އަކީ "ޑީލީން ވިތު ފެމިލީ ޕްރޮބްލެމްސް" ނުވަތަ "އާއިލީ މަައްސަލަތަކާ ކުރިމަތިލާނެ ގޮތް" އެވެ.

ކުރިން ވެސް ރާއްޖޭގައި ދަރުސްތަކެއް ދެއްވާފައިވާ މުފްތީ މެންކް، އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ރާއްޖެ އަށް ކުރައްވާ މި ފަހަރުގެ ދަރުސް ޓުއާގެ ތެރެއިން ރޭ ދަރުސް ދެއްވީ އައްޑޫގަ އެވެ. އަދި އޭގެ ކުރީ ރޭ ފުވައްމުލަކުގައި ދަރުސް ދެއްވުމުގެ ކުރިން ހުކުރު ދުވަހުގެ މާލޭގައި ވެސް ދަރުސް ދެއްވި އެވެ.

މި ދަރުސްތަކުގައި މުހިއްމު ބޮޑެތި މައުޟޫތަކަށް މެންކް ވަރަށް ތަގުރީރު ކުރައްވާފައިވެ އެވެ.