Last Updated: May 8, 16:38
Wednesday, May 8, 2024
ޚަބަރު

ޑރ. މުހައްމަދު އަލީ އޭއީއެޗްގައި ފަރުވާ ދެނީ

އައިޖީއެމްއެޗްގެ މަޝްހޫރު އެތެރެހަށީގެ ޑރ. މުހައްމަދު އަލީ އަންނަ މަހު އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާ ދެއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެ ހޮސްޕިޓަލުން ބުނީ އޭނާ ފަރުވާ ދެއްވާނީ އަންނަ މަހުގެ 3 އާއި 4 ގައި ކަމަށެވެ. އެހެންވެ ޑރ. މުހައްމަދު އަލީ އަށް ދައްކަން ބޭނުންވާ މީހުންނަށް މިހާރު ވަނީ އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. އޭނަ ކުރިން ވެސް ވިޒިޓިން ޑޮކްޓަރެއްގެ ގޮތުގައި އޭއީއެޗްގައި ބަލިމީހުންނަށް ފަރުވާ ދެއްވާފައިވެ އެވެ.


ޑރ. މުހައްމަދު އަލީ ފާހަގަކުރެނީ އާންމުންނާ ވަރަށް ގާތް ގުޅުމެއް ބާއްވަވާ އަދި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ސިއްހީ ގިނަ މައުލޫމާތު ފޯރުކޮށް ދެއްވަން މަސައްކަތްކުރައްވާ ޑޮކްޓަރެއްގެ ގޮތުގަ އެވެ.