Last Updated: April 19, 06:56
Friday, April 19, 2024
ރިޕޯޓް

މި ފޮޓޯ އިން ރައީސްގެ "ޅަ ދުވަސްވަރު"

ސޯޝަލް މީޑިއާ އަކީ މިހާރު އެތައް ކަމެއް ތިލަކޮށްދޭ ވަސީލަތކެވެ. އެފަދަ ކޮންމެ ޕްލެޓްފޯމަކަށް ވަދެލިޔަސް، ޝައުގުވެރިކަން ދަމައިގަންނަ ކަހަލަ ކިތަންމެ ކަމެއް، އެއްޗެއް ފެންނާނެ އެވެ. މިހާރު ޓްވިޓާ އިން ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން އުޅެނީ ދިވެހި ތާރީހުގެ ހާއްސަ ޝަހުސިއްޔަތެއް ކަމަށްވާ ނާޖިހު ދީދީ އާންމުކުރެއްވި ފޮޓޯއަކަށެވެ.

މި ފޮޓޯ އޭނަ އާންމުކުރެއްވި އިރު އޭގައި "މާ ހާއްސަ ކަމެއް" ހިމެނޭކަން އެނގިވަޑައިނުގަންނަވާކަން ފޮޓޯއާ އެކީ ލިޔުއްވާފައި އިން އިބާރާތުން އެނގެ އެވެ. އާއިލާގެ ބަޔަކާ އެކީ ކުޑަކުދިންތަކެއް ވެސް ފެންނަ ފޮޓޯއާ އެކު ނާޖިހު ލިޔުއްވާފައި އިނީ މިހެންނެވެ؛ މިއީ ރާއްޖޭގެ ރަށެއްގައި 1974-1976 އާ ދޭތެރޭ ނަގާފައިވާ ފޮޓޯއެކެވެ. ފޮޓޯގައި ދަންނަ އެއްވެސް މީހަކު އެބަހުރި ހެއްޔެވެ؟

މި ފޮޓޯގް ކްރެޑިޓް ދީފައި އިނީ ޕްރެފެސަރު ފްރޭންކް ހައިޑަމަންއަށެވެ.

ނާޖިހު އާންމުކުރެއްވި ފޮޓޯ އަށް ތަންކޮޅެއް ފަރުވާތެރިކަމާ އެކު ބަލައިލާށެވެ. އޭރުން ޔަގީނުން ވެސް ފޮޓޯ އިން މިހާރުގެ ވަރަށް ހާއްސަ ޝަހުސިއްޔެއް ފާހަގަކުރެވޭނެ އެވެ. އެއީ ރައީސް އިބްރާހޯމް މުހައްމަދު ސޯލިހެވެ. ފޮޓޯގައި އެ ފެންނަ ޖޯލީގައި އިށީނދެގެން އިންނެވި ކަނބަލަކީ ރައީސްގެ މަންމާފުޅެވެ. ވާތް ފަރާތުން ޖޯލީގައި އިށީނދެވަޑައިގެން އެ އިންނެވީ "އަހަރެމެންގެ މިހާރު ރައީސް ސޯލިހު" އެވެ.

މިއީ އެ މަނިކުފާނު ގެ އުފަން ރަށް ޅ. ހިންނަރުގައި ނަގާގައިވާ ކުޑައިރުގެ ހަނދާނެކެވެ. އެހެންވެ ހަމަ ހާއްސަ ނުވާންވީ ސަބަބެއް ވެސް ނެތެވެ. މީގެ ދުވަސްކޮޅެއް ކުރިން ވެސް ރައީސްގެ ވަރަށް ޒުވާން ދުސްވަރުގެ ފޮޓޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެ އެވެ.