Last Updated: April 20, 14:49
Saturday, April 20, 2024
ދުނިޔެ

ޓްވިޓާގެ ވެރިފިކޭޝަނަށް މަހަކު 8 ޑޮލަރު؟

ޓްވިޓާގެ ވެރިފިކޭޝަން ދަމަހައްޓަން އެފަދަ އެކައުންޓްތަކުން ފީއެއްގެ ގޮތުގައި މަހަކު 20 ޑޮލަރު ނަގަން ނިންމާފައިވާ ކަަމަށް ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން އޭގެ އާ ވެރިޔާ މަހުޖަނު އީލޮން މަސްކް އެންމެ ފަހުން ވާހަކަ ދައްކަވައިފި އެވެ.

ވެރިފިކޭޝަނަށް 20 ޑޮލަރު ނަގަން އުޅޭ ކަމަށް ބުނާތީ ވަރަށް ގނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ. އެގޮތުން އެމެރިކާގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ސްޓެފެން ކިންގް ކުރި ޓްވީޓެއްގެ ރައްދުގައި އީލޮން މިއަދު ވަނީ ފީއަކަށް 8 ޑޮލަރު ކިހިނެއްވާނެތޯ ސުވާލު ކުރައްވައިފަ އެވެ.

"އަހަރެމެެންގެ އެބަހުރި ކުރަން ޖެހޭ ބައިވަރު ހަރަދުތައް. އެހެންވީމަ ހަމައެކަނި އިޝްތިހާރުތަކުން ލިބޭ އެއްޗަކަށްށް ބަރޯސާއެއް ނުވެވޭނެ." އިލޮން ވިދާޅުވި އެވެ.

ވެރިފިކޭޝަނަށް ފީއެއް ނަގަން ޓްވިޓާ އިން ޕްލޭންކުރުމަކީ މިދިޔަ ހުކުރު ދުވަހު 44 ބިލިއަން ޑޮލަރަށް އީލޮން އެ ބައްލަވައިގަތުމާ އެކީ އެންމެ އަވަހަށް ގެންނަން އުޅޭ އެއް ބަދަލު ކަމަށް މީޑިއާތަކުން ބުންޏެވެ. މިކަމާ ގުޅިގެން އޭނާ ވިދާޅުވެފައި ވަނީ މިހާރު އަމަލުކުރަމުން އަންނަ ވެރިފިކޭޝަން ޕްރޮސެސް އޮތީ އެއްކޮށް މުރާޖައާޖުރަން ޖެހިފައި ކަމަށެވެ. އެކަމަކު ވެރިފިކޭޝަނަށް ފީ ނަގަން ފަށާނެ އިރަކާއި އެކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ރަސްމީކޮށް ހާމައެއްނުކުރެ އެެވެ.

ބައެއް މީޑިއާތަކުން ބުނި ގޮތުގައި ޓްވިޓާ އިން މިހާރު ވެސް ފީއެއް ދައްކައިގެން ބޭނުންކުރެވޭ "ޓްވިޓާ ބްލޫ" އަށް މަހަކު ދައްކަން ޖެހޭ 4.99 ޑޮލަރު، 19.99 ޑޮލަރަށް ބޮޑުކުރަން ވެސް ވަނީ ނިންމައިފަ އެވެ.