Last Updated: July 13, 11:11
Monday, July 13, 2026
ދުނިޔެ

ލަންކާ އިން ވެސް މަންކީޕޮކްސް ފެނިއްޖެ

FILE PHOTO: Test tubes labelled "Monkeypox virus positive and negative" are seen in this illustration taken May 23, 2022. REUTERS/Dado Ruvic/Illustration/File Photo

ސްރީ ލަންކާ އިން މަންކީޕޮކްސް ޖެހިފައިވާ މީހަކު ފެނިއްޖެ އެވެެ.

މިކަމާ ގުޅިގެން އެ ގައުމުގެ ހެލްތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަލަށް ލަންކާ އިން މަންކީޕޮކްސް ޖެހުނު މީހާ އަކީ 20 އަހަރުގެ ޒުވާނެއް ކަމަށެވެ. އަދި އޭނަ އަކީ މި މަހުގެ 1 ގައި ދުބާއީން ގައުމަށް އެނބުރި އައި މީހެއް ކަމަށް ބުންޏެވެ. މިނިސްޓްރީން ބުނި ގޮތުގައި އޭނަ އަށް މަންކީޕޮކްސް ޖެހިފައިވާކަން ކަށަވަރުވީ މި މަހުގެ 2 ދުވަހު ހެދި ޓެސްޓްތަކަކުންނެވެ. އެހެންވެ މިކަމ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށް ވެސް ލަންކާ އިން ބުންޏެވެ.

މި އަހަރުގެ ކުރީކޮޅުން ފެށިގެން ދުނިޔޭގެ އެކި ހިސާބުތަކުން މަންކީޕޮކްސްގެ ކޭސްތައް ފެނުން އިތުރުވެ، އެކަމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވެސް ގޮވާލާފައިވެ އެވެ.

މިހާތަނަށް ފެނުނު މަންކީޕޮކްސްގެ ގިނަ ކޭސްތަކަށް ބަލާ އިރު، މިއީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ތެރޭގައި ގިނަ ބައްޔެކެވެ. ހާއްސަކޮށް އެފަދަ ފިރިހެނުންގެ ތެރޭގަ އެވެ.

މަންކީޕޮކްސްގައި ބައެއް ގައުމުތަކުން މީހުން މަރު ވެސް ވެފައިވެ އެވެ.