Last Updated: April 26, 23:59
Friday, April 26, 2024
ވިޔަފާރި

ޓްވިޓާގެ މުވައްޒަފުން މަދުކުރަން ނިންމައިފި

ޓްވިޓާގެ މުވައްޒަފުން މަދުކުރަން ނިންމައިފި އެވެ.

މިކަން ކުންފުނީގެ މުވައްޒަފުންނަށް އަންގައި މިއަދު އީމެއިލުން އިންޓާނަލް މެމޯއެއްގައި ބުނީ ޓްވިޓާގެ މުވައްޒަފުން މަދުކުރަން ނިންމީ ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާކުރަން ކަމަށެވެ. އެގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގައި މަސައްކަތްކުރާ ޓްވިޓާގެ މުވައްޒަފުންގެ އަދަދު މަދުކުރަން ނިންމާފައިވާ ކަމަށް ބުންޏެވެ.

މިފަދަ ފިޔަވަޅެއް އަޅަން ނިންމިކަން ހާމަކޮށްފައި މި ވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކް މީގެ ހަފުތާއެއް ކުރިން 44 ބިލިއަން ޑޮލަރަށް ޓްވިޓާ ބައްލަވައިގެން ރަސްމީކޮށް އޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމު ވެސް ހަވާލުވެވަޑައިގަންނަންވަން ތައްޔާރުވަމުން ގެންދަވަނިކޮށެވެ.

ޓްވިޓާ އިން ބުނި މުވައްޒަފުން މަދުކުރަން ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ. އެހެންވެ އެ މަރުހަލާ އަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށް ބުންޏެވެ.

"ޓްވިޓާ އަށް ހިދުމަތްކުރި ބަޔަކު ދޫކޮށްލަން ޖެހުމަކީ ފަސޭހަ ކަމެއް ނޫން. އެކަމަކު ކުންފުނި ކާމިޔާބުކަމާ އެކީ ކުރިއަށް ގެންދިއުމަށްޓަކައި އެބަޖެހޭ މުވައްޒަފުންތަކެއް މަދުކުރަން." ޓްވިޓާގެ މެމޯގައި ބުންޏެވެ.

މީގެ 16 އަހަރު ކުރިން 2006 ގައި ވުޖޫދަށް އައި ޓްވިޓާގެ މުވައްޒަފުން އަދަދު ގާތްގަނޑަކަށް 8،000 އަށް އަރަ އެވެ.

އީލޮން ޓްވިޓާ ބައްލަވައިގަތުމާ ގުޅިގެން މިހާރު އަންނަކީ އެކި ކަހަލަ ބަދަލުތައް ގެންނަމުންނެވެ. އޭނާ ޓްވިޓާގެ މިލްކުވެރިން ހޯއްދެވުމަށް ފަހު، އޭގެ ބޯޑުގެ އިސްވެރިންތަކެއް ވަނީ ވަކިކޮށްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޓްވިޓާ މުވައްޒަފުންގެ 50 ޕަސެންޓް ވަކިކުރަން ވަނީ ނިންމައިފަ އެވެ.