Last Updated: May 4, 21:37
Sunday, May 4, 2025
ޚަބަރު

ހެޗަރީއެއް ހިންގަން ޔޫއޭއީގެ ކުންފުންޏަކަށް

ރާއްޖޭގައި މަސްމަހާމެހީގެ އެކި ބާވާތްތައް އާލާކުރަން ހެޗަރީއެއް ހަދައި ހިންގަން ޔޫއޭއީގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ގއ. މާނަގަލާގައި ހެޗަރީއެއް ހަދަން ފިޝަރީޒް މިނިސްޓްރީން ހަވާލުކުރީ ޔޫއޭއީގެ އަކުއާ ބްރިޖު ގްރޫޕާ އެވެ. މި ހެޗަރީ އަކީ 16 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. އެ މަަސައްކަތުގެ ދަށުން އަކުއާ ކުންފުންޏަށް އެ ހެޗަރީ ހިންގައި ބަލަހައްޓަން މާނަގަލާ 21 އަހަރުގެ މުއްދަތަކަށް ދީފައިވެ އެވެ.

މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕްލޭނިން އެގްޒެކެޓިވް އީނާސް ނާސިރެވެ. އަކުއާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ތާބިޝެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި މަޝްރޫއަކީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ މަސައްކަތެެއް ކަމަށެވެ. އެގޮތުން މާނަގަލާގައި ހަދާ ހެޗެރީގެ މަސައްކަތް 12 މަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ވެސް ހެޗަރީގެ އިންފްރާސްޓްރަކްޗާ މަސައްކަތުގެ ފުރަތަަމަ ފިޔަވަހީގެ މަސައްކަތް ނިންމައިފައިވާ ކަމަށެވެ. އެވެ. އެ ތަނުގައި މައިގަނޑު ގޮތެއްގައި ލާކުރަން ހަމަޖެހިފައި ވަނީ އެމާއި، ފާނައިގެ އިތުރުން ހުއިފިލަނޑާ އެވެ.