Last Updated: April 18, 22:36
Friday, April 19, 2024
ރިޕޯޓް

ޒައިދުގެ ތަފާތު ޓްވީޓެއް؛ މަދީނާގެ "ބޮޑު ރޮށި"

ސައުދީ އަރަބިއްޔާ މަދީނާގައި ފިހާ ކަހަލަ "ބޮޑު ރޮށި" ވަރަށް މީރު ކަމަށާއި މާލޭން ވެސް އެ ރޮށި ލިބޭނެ ނަމައޭ ހިތަށް އަރާވަޑައިގަންނަވާ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

އަބަދު ވެސް ޓްވިޓާގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވާ ޝެއިހްގެ ޓްވީޓްގައި "ބޮޑު ރޮށި" ފިހާ މަންޒަރު ފެންނަ ވީޑިއޯއަކާ އެކީ ވިދާޅުވީ އެ ފެނިވަޑައިގަތުމުން ހަނދާނަށް އަންނަނީ މަދީނާގައި ކިޔަވާ ވިދާޅުވާން އުޅުއްވި ދުވަސްވަރު ކަމަށެވެ.

"މި ގޮތަށް މި ފިހާ ރޮށި އާދަޔާހިލާފަށް މީރު. މީގެ ވަރަށް ގިނަ ތަންތަން މަދީގައި ހުރޭ." އޭނާ ވިދާޅުވި އެވެ.

ޒައިދު ވިދާޅުވީ އެފަދަ ރޮށި ފިހާ ތަނެއް މާލޭގައި ނަހަދައިގެން އުޅެނީ ކީއްވެތޯ ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށެވެ.

"ހަދައިފިިއްޔާ ހިނގާނެހެން ވަރަށް ހީވޭ." އޭނާ ވިދާޅުވި އެވެ.