Last Updated: April 18, 18:15
Thursday, April 18, 2024
ދުނިޔެ

ޓްވިޓާ ދޫކޮށްލާ މީހުން އިތުރުވަނީ

މަހުޖަނު އީލޮން މަސްކް ޓްވިޓާ ބައްލަވައިގަތުމާ ގުޅިގެން އެ ޕްލެޓްފޯމް ދޫކޮށްލާ މީހުން އިތުރުވާން ފަށައިފި އެވެ.

އެގޮތުން މިހާރު ވެސް މަޝްހޫރު ބައެއް މީހުން ވަނީ ޓްވިޓާ ބޭނުންކުރުން ހުއްޓާލައިފަ އެވެ. އަދި ޓްވިޓާ ބޭނުންކުރާ ނުފޫޒު ގަދަ އެތައް ބަޔަކު ދަނީ ޓްވިޓާ އަށް ގެންނަން އުޅޭ ބަދަލުތަކަށް ވަރަށް ބޮޑަށް ފާޑު ވެސް ކިޔަމުންނެވެ. އޭގެ ތެރޭގައި އެމެރިކާގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ސްޓެފެން ކިންގް ވެސް ހިމެނެ އެވެ.

އީލޮންއާ ކުރިން ލޯބީގެ ގުޅުމެއް ބޭއްވި ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެމްބާ ހާޑް ވެސް މި ހަފުތާގައި ޓްވިޓާ ދޫކޮށްލާފައިވާ އިރު، އެމެރިކާގެ މަޝްހޫރު މޮޑެލް ޖިޖީ ހަޑީޑް ވެސް ވަނީ ޓްވިޓާ އަށް އަލްވަދާއު ކިޔައިފަ އެވެ. ހޮލީވުޑްގެ ތަރި ލިއޮނާޑޯ ޑި ކެޕްރިއޯއާ މިހާރު ރައްޓެހިވެގެން އުޅޭ ކަމަށް އަޑު އަރާފައިވާ ޖިޖީ ބުނި ގޮތުގއި ޓްވިޓާގެ އާ ލީޑަޝިޕާ އެކީ އެއީ ބޭނުން ކުރަން ހެޔޮވާ ވަރުވެ އެއްޗަކަށް ނުވާނެ އެވެ. އެހެންވެ އެފަދަ ފްލެޓްފޯމެއްގައި ދެމިހުންނަން ބޭނުންވާ ނުވާ ކަމަށާއި ފޭނުންގެ ކިބައިން އެކަމަށް މައާފަށް އެދޭ ކަމަށް ވެސް ބުންޏެވެ.

ޖިޖީ ބުނި ގޮތުގައި އީލޮންގެ މޭސްތިރިކަމުގެ ދަށުން ޓްވިޓާ ދެން ވާނީ އަދި މިހާރަށް ވުރެ ހާޖާނުގަނޑު ބޮޑު، ފިތުނަ ފަސާދައިގެ ހާއްޔަކަށެވެ.

މިދިޔަ މަހުގެ ފަހުކޮޅު އީލޮން 44 މިލިއަން ޑޮލަރަށް ޓްވިޓާ ބައްލަވައިގަތް ފަހުން އެ ދޫކޮށްލި މަޝްހޫރު މީހުންގެ ތެރޭގައި ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒް "ބްރިޖަޓަން" ގެ ޕްރޮޑިއުސަރު ޝޮންޑާ ރައިމްސް އާއި ލަވަކިޔުންތެރިިޔާ ޓޯނީ ބްރެކްސްޓަން ހިމެނެ އެވެ.

ޓްވިޓާ އިން މިހާރު ވަނީ ވެރިފިކޭޝަނަށް މަހަކު 8 ޑޮލަރު ނަގަން ފަށައިފަ އެވެ. މިއީ އީލޮންއާ އެކީ އެންމެ ފުރަތަމަ ގެނައި އެއް ބަދަލެވެ.