Last Updated: July 3, 09:24
Thursday, July 3, 2025
ޚަބަރު

ޕީސް ފޯރަމަށް އިސްލާމިކް މިނިސްޓަރު ދުބާއީ އަށް

ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ އަބޫ ދާބީ 8 ވަނަ ޕީސް ފޯރަމްގައި ބައިވެރިވެވަޑައިގެންނެވުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ފުރާވަޑައިގެންފި އެވެ.

މިއީ ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް އެންޑް އިންޓަރނޭޝަނަލް، އައްޝައިޚް ޢަބްދުﷲ ބިން ޒަޔެދް އަލް ނަޙްޔާންގެ ބެއްލެވުމުގެ ދަށުން މި މަހުގެ 10 ގެ ނިޔަލަށް ކުރިއަށްދާ ފޯރަމެކެވެ.

މި ފޯރަމްގެ އިސްކަމެއް ދޭނީ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމާއި ސުލްހަ ކަށަވަރުކޮށްދިނުމެވެ.

މި ފޯރަމްގެ މަސައްކަތް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ މުސްލިމް މުޖުތަމަޢުތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި އަމާންކަމާއި ސުލްހަ ޤާއިމްކުރުމަށާއި ހަރުކަށި ވާހަކަތަކާއި ދީންތަކުގެ މެދުގައި އުފެދޭ ކޯޅުންތަކަށް އެކި ދީންތަކުގެ ފަރާތްތައް ބައްދަލުވެ އެއްބަސްވުމަކަށް އައިސް ހައްލެއް ހޯދުމަށެވެ.