Last Updated: April 23, 12:16
Tuesday, April 23, 2024
ޚަބަރު

ފެން ކުންފުނީގެ ފެން ބިއްލޫރި ފުޅީގައި

އެމްޑަބްލިއުއެސްސީން ބިއްލޫރި ފުޅީގައި ފެން ބާޒާރަށް ނެރެން ފަށައިފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި "އާރޯ" ގެ ނަމުގައި ނެރެން ފެށި މި ފެނަކީ ރާއްޖޭގެ ފުރަތަމަ ޕްރީމިއަމް ފެނެވެ.

ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތެއްގައި ބްރޭންޑު ތައާރަފުކޮށް ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އެވެ.

ސަރުކާރުގެ އެންމެ ބޮޑު ފެން ކުންފުނިން ބުނީ "އާރޯ" ބްރޭންޑުގެ ފެން ބިއްލޫރި ފުޅީގައި ނެރެން ފެށީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް މަދުކުރުމުގެ ސިޔާސަތުގެ ދަށުންނެވެ.

އެ ކުންފުނިން ބުނީ "އާރޯ" ފެންފުޅި ނެރޭނީ ސީރީޒްތަކެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ކޮންމެ ސީރީޒްއެއްގެ ލޭބަލް އިން ރާއްޖެ ރަމްޒުކޮށްދޭނެ އެވެ. އެހެންވެ މި ބްރޭންޑަށް ކިޔަނީ "މޯލްޑިވްސް އިން އަ ބޮޓަލް" އެވެ. ފުރަތަމަ ސީރީޒް ރަމްޒުކޮށް ދެނީ ރާއްޖޭގެ ގުދުރަތީ ރީތިކަމެވެ.

އެމްޑަބްސިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ "އާރޯ" ފެނަކީ ދިވެހިންނާއި ޓޫރިންނަށް ވެސް ކަމުދާނެ ގޮތަށް ތައްޔާރުކޮށްފައިވާ ވަރަށް ފެންވަރު ރަނގަޅު ފެނެއް ކަމަށެވެ. .