Last Updated: April 19, 21:23
Friday, April 19, 2024
ޚަބަރު

މިދިޔަ މަހު ޑެންގީ ޖެހިގެން ރިޕޯޓްކުރި އަދަދު މައްޗަށް

މިދޔަ އޮކްޓޫބަރު މަހު ޑެންގީ ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވޭތުވެދިޔަ އަހަރުތަކުގެ މިދުވަސްވަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން މިއަހަރުގެ ސެޕްޓެމްބަރުމަހާ އަޅާ ބަލާއިރު އޮކްޓޫބަރު މަހު ޑެންގީހުން ޖެހިގެން ރިޕޯޓް ކުރެވުނު އަދަދު ވަރަށް ބޮޑަށް އިތުރު ވެފައިވާކަމަށެވެ.

ސެޕްޓެމްބަރު މަހު ޑެންގީ ހުން ޖެހިގެން 270 ރިޕޯޓް ކޮށްފައިވާއިރު ނިމުނު އޮކްޓޫބަރު މަހު 626 މީހަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވެއެވެ.

އެޗްޕީއޭއިން ވަނީ ޑެންގީހުން ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެދިފައެވެ.