Last Updated: May 9, 02:20
Wednesday, May 8, 2024
ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ނަޝީދު އިޓަލީ އަށް

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި މާދަމާ އިޓަލީގެ ރޯމަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ ނަޝީދުގެ އެ ދަތުރުފުޅަކީ ހެބިޓަބަލް ޕްރޮޖެކްޓްގެ އެނުއަލް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އެ ޕްރޮޖެކްޓްގެ މަގުސަދަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރުތަކާއި ހިޖުރަކުރުމާއި އަދި ކުރިއަށްއޮތް ތަނުގައި އަންނާނެ ބަދަލުތައް ލަފާކުރުން ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

ހަތަރު އަހަރަށް ދެމިގެންދާ އެ ޕްރޮޖެކްޓްގައި 17 ގައުމަކުން 21 ބައިވެރިން ބައިވެރިވާނެ އެވެ. މި ކޮންފަރެންސް ކުރިއަށްދާނީ މި މަހުގެ 12 ގެ ނިޔަލަށެވެ.

ނަޝީދަކީ ހެބިޓަބަލް ޕްރޮޖެކްޓްގެ އެޑްވައިޒަރީ ބޯޑް މެންބަރެކެވެ. މި ދަތުރުފުޅުގެ ހުރިހާ ހަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ހެބިޓޭބަލް ޕްރޮޖެކްޓްގެ ކޯޑިނޭޓަރެއްގެ ހައިސިއްޔަތުން ޔުނުވަސިޓީ އޮފް ލީޖްގެ ފަރާތުން ކަމަށް މަޖިލީހުގެ އިދާރާ އިން ހާމަކުރެ އެވެ.