Last Updated: July 11, 19:25
Saturday, July 11, 2026

ފޭދޫ، ހިތަދޫ އުތުރު ދާއިރާގެ އިންތުހާބްވެސް ބާޠިލެއް ނުކުރި

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާ އާއި ހިތަދޫ އުތުރު ދާއިރާގެ އިންތިހާބް ބާޠިލް ކުރާނެ ތަނެއް ނެތް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.

ފޭދޫ ދާއިރާއަށް ކުރިމަތި ލައްވައި ނާކާމިޔާބްވި މުހައްމަދު ނިހާދު ހުށަހެޅި މައްސަލާއި ގުޅިގެން ހައިކޯޓުން ވަނީ އެކަށީގެންވާ ހެކި ނެތިގެން އިންތުހާބް ބާޠިލް ނުކުރަން ނިންމާފައެވެ.

ހިތަދޫ އުތުރު ދާއިރާގެ އިންތިހާބް ބާޠިލް ކުރުމަށް ހުށަހަޅާފައިވަނީ ޕީޕީއެމްއިން ކުރިމަތި ލެއްވި އަލީ އިބްރާހިމްއެވެ.

މި ދެ ދާއިރާގެ އިންތިހާބް ބާޠިލް ނުކުރަން ނިންމި އިރު މިއަދު ހެނދުނު ހިތަދޫ މެދު ދާއިރާގެ އިންތިހާބް ބާޠިލް ނުކުރަންވެސް ހައިކޯޓުން ވަނީ ނިންމާފައެވެ.