Last Updated: April 19, 22:14
Friday, April 19, 2024
ރިޕޯޓް

ގެއްލުނު ހާޒިރީ: އެލްސިއޯން 40 އަހަރު ޓޫރިޒަމްގައި

އީކްއޭޓަ ވިލެޖްގެ ގޭޓްގެ ބޭރުގައި އެލްސިއޯން.

އައްޑޫ ހިތަދޫ އެލްސިއޯން ޢަލީ މުޙައްމަދު ނުވަތަ ރިސޯޓް ނަމުން ނަމަ އެލްސިއޯން 1970 ގެ މެދުތެރޭން އެލްސިއޯން އުމުރުން 17/16 އަހަރު ވަރު ވާނީ އެލްސިއޯން ބޭކަރީގެ ބިލްތަކަށް ފައިސާ ނަގަން އޮފީސްތަކަށް ދިއުން އެއީ ވަޒީފާއެއްގެ ގޮތުގައި މަސައްކަތް ފަށައިގަތީ އޭރުގެ ރިސޯރޓު އޮފީސްތައް ހުއްނާނީ ބަރިއަކައް މެރިންޑުރައިވްގަ ސީޓީއޭ އޮފީސް ދެން ހަމަ ހަތަރުފަސް ރިސޯޓު އޮފީސް ތައް ހުއްނާނީ ޖެހިޖެހިގެން.

އެހެންގޮސް އުޅުނު ދުވަސްވަރު ވެލައްސަރު މާލޭ އޮފީހުން، އެމީހުން ކިޔާން ފެށިނަމެއް އަސްލު އެލްސިއޯން އަކީ، އެގޮތުން ސަލީމާއާވެސް ދިމާވެ އަދި މާލޭއޮފީސް މެނޭޖަރަކީ ވިލުފުށި ނިޒާރު ކަމައް ހަނދާންވަނީ އެމީހުން ވަރަށް ގާތްކަން ބާއްވާ ސައިބޯންވެސް ގޮވާނެ، އެހެން އުޅެމުން 1976 ގެ ފަހުކޮޅުކަމަށް ލަފާކުރެވެނީ، ވެލައްސަރު ވަޒީފާއަށް ދިއުމުގެ ފުރުސަތު ލިބިމުން ގަބޫލުކުރެވުނީ ރަންގަޅުބަޔަކާ އެކީ މަސައްކަތް ފަށައި ގަތުމުން މަސައްކަތެއް ދަސްވެ ކުރިއެރުމެއް ލިބޭނެކަމައް އެނިންމުން ވެގެންދިއައީ ރިސޯރޓް މަސައްކަތުގެ ފެށުން ކަމުގައި.

ވެލައްސަރުގެ ވެރިއަކައް ހުއްނަނީ ސަލީމާ ވަރައްކައިރިން މުއައްޒަފުންގެ މަސައްކަތް ބަލާނެ އަދި ވަރައް މަޑުމައި ތިރިކަމާއެކު ރަނގަޅުކުރާނވީ ގޮތް ބުނެދޭ ހަންދާން ހުރޭ އޭރުއަދި އަށާރަވަރަކައް އަހަރު ވާނީ ދެއަހަރެއްހާ ދުވަހު ވެލައްސަރުގައި ތަބަށް ހިފައިގެން އެހެން މިހެން ކަންކަން ދަސްކުރުމުގެ ތެރެއިންގޮސް ވެއިޓަރެއްގެ މަސައްކަތުގައި ހިފެހެއްޓިގެންދިޔައީ ، ނާޞިރުގެ ވެރިކަމުގެ ދައުރު ބަދަލުވުމާ ، އެރަށަށް ދިމާވި ބައެއް ކަންކަމާއިއެކު ( ވީނުވީއެއް މާބޮޑަކަށް ނޭންގެ ) ވެރިކަމަށް އައި ބަދަލަކުންކަން އެނގޭ ވެލައްސަރު ބަންދުކުރީ ބަންދުކުރުމާއެކު ދިޔައީ ރަންނާޅިއަށް، ރަންނާޅިވެސް ހިންގަނީ ސަލީމާކަން އެނގޭ.

އަލީ މުހައްމަދު އެލްސިއޯން ޒަމާންގަނޑަކައްފަހު ލައްކަގިނަ ވާހަކަ ދެކެވުނު.

ރަންނާޅީގަވެސް ވެއިޓަރުކަމުގެ މަސައްކަތުން ފަށައިގަތީ ، މާގިނަ ދުވަހެއްނުވެ ބަޣާވާތެކޭ ރަންނާޅީގަ ބަޑި ފޮރުވިއޭ މިކަހަލަ އަޑުތަކަކާއެކު އެތަން ބަންދުކުރުމާ ގުޅިގެން ޗުއްޓީއަށް ރަށަށް ގޮސްލާފަ ދެތިން މަހުން މާލެކޮޅަށް އައިއިރު ރަންނާޅި އައު މެނޭޖްމަންޓެއް ލަޠީފް އާއި މޮޑީ އަދި ޙުސްނީ ނަގައިގެން ފަށައިގަންނަން އުޅުނު ދުވަސްވަރުކަމުން އަނެއްކާވެސް ރަންނާޅިން ފަށައިގަތީ، އެގޮތުން ފުރަތަމަ ރަށް ސާފުކުރުމާ ކުނިއުކުމާ ކޮޓަރިތައް މަރާމާތުކޮށް، ހުޅުވައިގެން ރެސްޓޯރަނޓު ހެޑްވެއިޓަރެއްގެ ވަޒީފާއިން ފަށައިގަތީ، އެކަމަކު މާގިނަ ދުވަހެއްނުވެ ބާރ ގެ ވެއިޓަރަކަށް ބަދަލުވާންޖެހި، އޭރު ބާރ ގެ ވެރިޔަކަށް ހުރީ މިހާރުގެ ރިސޯޓްގެ ވެރިޔެއް ބޮލިފުށި ޝަރީފް، ޝަރީފް މަސައްކަތް ހިނގާގޮތް ކިޔައިދީ ވަރަށް ގިނަ ކަންތައް އޮޅުންފިލުވައިދިނުމަށްފަހު، ޝަރީފް ރަންނާޅިން ދިއުމާއެކު ބާރ ގެ މަސައްކަތާ މުޅިންހެން ހަވާލުވާން ޖެހުނީ، ފަހުން އެނގުނު ގޮތުގައި ޝަރީފް ދާންވެގެން އަހަރެން ބާރ އަށް ގެނައީ އޭރު ރަންނާޅި މެނޭޖަރަކަށް ހުންނަނީ ހޮޅުދޫ ހުސެންބެ، ހުސްނީ ލަތީފްވެސް ވެރިއެއްގެގޮތުން އަދި ރައްޓހިކަމުގެ ގޮތުން ވަރައް ހިއްހެޔޮ ގެއެޅުމުގައި އެހީތެރިކަންވެސް ފޯރުކޮއްދިން 3 އަހަރާ ދުވަސްކޮޅަކު އުޅުމަށްފަހު ލޯވ ސީޒަން އައުމުން ދިޔައީ ޗުއްޓީއަށް ރަށަށް، އޭރު ކަންތައް އޮންނަގޮތުން ބޯޓުފަހަރާ ރަށުގެ އާއިލީ ކަންތަކާ ދިމާވިގޮތުން ދެމަހާ ގާތަށް ރަށުގައި ހުންނަން ޖެހުމުގެ ސަބަބުން މާލެއަށް ފޯރިއިރު ވަޒީފާ އޮތީ ގެއްލިފައެވެ.

ދެން ދިޔައީ ފިހާޅޮއްސަށް، ބާރ މޭން އަކަށް ދޮޅުއަހަރު ބާރ ގަ އުޅެފަ ރެސްޓޯރަންޓް ވެއިޓަރަކަށް ބަދަލުވި، ފިހާޅޮހި ނިންމާލުމަށްފަހު، ޒިޔާރައްފުށީގަވެސް ސީޒަނެއް ދުއްވާލިން އޭރު މެނޭޖަރަކައް ހުއްނަނީ ހަނދާންވާގޮތުން އިހަވަންދޫ ސޯލިހު.

މަކުނުދޫ ބާރ މޭން އަކަށް 2 އަހަރެއްހާ ދުވަހު މަސައްކަތް ކުރުމަށްފަހު 1987 ގައި ފަން އައިލެންޑް ރިސޯރޓް ހަދަނިކޮށް ގުޅުނީ ކޮންސްޓްރަކްޝަން ދުވަސްވަރު، މެނޭޖަރަކަށް ހުރީ މޮޑީ، 1988 ގައި ރިސޯރޓް ހުޅުވައިގެން ބާރވެއިޓަރއެއްގް މަސައްކަތު 3 އަހަރެއްހާ ދުވަހު ފަން އައިލެންޑްގައި ހޭދަކުރެވުނު، އެއަށްފަހު ދިގުފިނޮޅުގައި 2 އަހަރެއްހާ ދުވަހު ޖަރމަން މެނޭޖްމަންޓެއްގައި މަސައްކަތް ކުރުމުގައި އުޅެނިކޮށް ބައްޕަ ވަރަށްބޮޑަށް ބަލިވެގެން ރަށަށް އައުން އެއީ ކުރަންޖެހޭ ކަމެއްގެ ގޮތުގައި ނިންމާފަ މުސްކުޅިމަންމައާ ބައްޕަ ކައިރިއައް ބަދަލުވެ ފެމެލީ މަސައް ކަތެއް ގެތެރޭން ޑަމްޕަރެއް ގަނެގެން ރަށުގައި މަސައްކަތް ފަށައިގަތީއެވެ. ފުދޭވަރަކަށް އެކިމަސައްކަތް ލިބޭ، ބައްޕަ ކައިރީ ހުރެވުމުގެ ހިތްހަމަޖެހުން ބޮޑު، ރިސޯރޓެއްގައި ދުރުގައި ހުރުމުން ނުތަނަވަސްކަމާ މުސްކުޅި ބައްޕަ ކައިރީ ނުހުރެވުމުންވާ ހާސްކަމާ ހިއްދަތިކަންބޮޑު.

ކައިމޫކުންފުނި އީކުއޭޓަ ރިސޯރޓްގެ 20 އަހަރުގެ ހިދުމަތުގެ ހަނދާނީ ފިލާ.

ކޮންމެއަކަސް އައްޑޫ ހިތަދޫގައި މަސައްކަތު އުޅެމުންދިޔަ ދުވަސްވަރު ގަމުގެ މިހާރުގެ އިކުއޭޓަރ ވިލެޖް ފީނެކްސް ކުންފުނި ސަލީމް އާއި އާއިލާބައެއް މެންބަރުން ހިންގަން ފަށާން އުޅޭ ހަބަރު ކޮންމެސް ވަރަކަށް އަޑުއެހިން، އެދުވަސްވަރު ރައްޓެއްސެއްގެ ބޭނުމެއްގާ ގަމައްދިއަ ދުވަހަކީ ފީނެކްސް ގެބައެއް ވެރީން ގަމުގަތިބިދުވަހަކާދިމާވީ ކުންފުނީގެވެރިންއެއީ ކޮންބައެއްކަމެއްވެސް މާރަންގަޅަކައް ނޭގޭ ސަލީމް އުޅޭކަން އިންގޭ އެދުވަހު ގަމައް ދެވުނުކަމީ ސަލީމާ އާއި ބައްދަލުވެ އެލްސިއޯން ތީތިމައްނާމެންގެ މީހެކޭބުނެ ބާރގެ ވަޒީފާގެ ވާހަކަދެކެވި އެކަމު ކުއްލިއަކައް އާދެވެން ނެއްކަމާ ދުވަސްކޮޅެއް ނަގާނެ ވާހަކަބުނުމުން އޭރުގެވެރިއަކައް ގޮވާފަ ސަލީމާބުނީ އެލްސިއޯނުއައި ދުވަހަކުން ބާރ ހަވާލުކުރާށޭ ! ގަމުންއެނބުރިރަށައް އައުން ވެގެން ދިއައީ އަނެއްކާވެސް ޓުއަރިޒަމް ގެ މަސައްކަތާގުޅުމުގެ ވިސްނުމެއް ސިކުނޑީގައެނބުރެން ފެށުން ކަމުގައެވެ . ހަަަތަރު ވަރަކައް މަސް ފަހުން ގަމުގެ ވަޒީފާއާގުޅުން ވެގެނދިއައީ 24 ސެޕްޓެމްބަރު 2020 އަހަރާ ހަމައައް ވަޒީފާ އަދާކޮއް ކައިމޫ ކުންފުނީގަ 20 އަހަރުގެ ހިދުމަތުގެ ހަނދާނީފިލާވެސް ލިބިގެން ދިއުން ކަމުގައެވެ.

މެނޭޖުމަންޓް ބަދަލުވެ މެނޭޖަރުންވެސް ބަދަލުވިއެވެ ކުރޮސްވޯލްޑް އަފީފުމެންގެ ދުވަސްވަރެއްވެސް ދިއައެވެ އޭގެފަހުން ކަނޑިމެން ކައިމޫން ހަވާލުވިގޮތައް މިއަދާހަމައައްވެސް ހިންގަމުން އެގެންދަނީ. ކައިމޫގެ މެނޭޖުމަންޓުއްނެވެ. އަލިބެގެވަޒީފާ ރިޓައަރް ވަންދެން އެގޮތުގާ އިޙުލާސްތެރިކަމާ އެކު މަސައް ކައް ކޮއް ނިންމާލީމެވެ .

1976 ގެ ފަހުކޮޅު ކުރަންފެށި ޓުއަރިޒަމްގެ މަސައްކަތުގެ ވާހަކަ އެލްސިއޯން ކިޔައިދެމުން ދިޔައިރު އެންމެ ފާހަގަކުރެވުނު އެއްކަމަކީ އާއިލާއާ ދުރުގައި އުޅެން ދިމާވުން އެއީ ހީނުކުރެވޭކަހަލަ އިޙުސާސްތަކެއް ކަމަށާ، ޞިއްޙީ ޚިދުމަތުގެ ކަންކަން ހުރިލެއް ދައްކަމުން އާއިލާ ކުޑަކުދިން ފެށިގެން ދޮށީ އުމުރުގެ އާއިލާ ގާތްމީހުން އުޅެންޖެހޭ ނިކަމެތިކަމުން އެކަމުގެ ކަންބޮޑުވުމާ މިއަދުގެ ޙާލަތަށް ބަލާއިރު ޓުއަރިޒަމްގެ ކުރިމަގުގެ ވާހަކަ ދިގުކޮށް އަގުނުކުރެވޭވަރަށް ދައްކަމުންދާއިރު އައްޑޫއިން ފެއްނަމުންދާމަންޒަރާ ދި މާނުވާކަމައް އެލްސިއޯނު ތަކުރާރުކޮއް ބުއްޏެވެ.

ދިގުފިނޮޅު ރިސޯރޓް 80 ގެ ފަހުކޮޅު ގެސްޓުއްނާއެކީ.

އަހަރުމެންވެސް 1977 ފެށިގެން މިއުޅުނީ މިވެރިންނާއެކު ބާރގަ ސާރވް ކުރަންދޯ ލައްކަ ކަންކަން ފެނި އަޑުއިވިފަ ހުއްނާނެ ދޯ ! ސިއާސީ ވެރިން ވަޒީރުން ފެށިގެން އޮއްޓަރެއްހުރި ވާހަކައެއް އަދިދައްކާ އަޑެއް ނީވެ ބައިވަރު ދުވަސް ތަކެއް މިއޮއްނިމިދަނީ.
ދެހާހުގެ އަހަރުތަކުގެ މިއަދުގެ ޞިއްޙީ ޚިދުމަތް ފެނިގެންދަނީ އިމާރާތަކާ ސަމާނާ ރައްއިތުންގެ އުއްމީދުވަރައް ބޮޑައް ގެއްލި ދާތަން ފެނިގެން މިދަނީ.

ވަޒީފާގެ ކަންތައްހުރީ އެހާ ނިކަމެތިކޮށް، ސަންގްރިއްލާ ހުޅުވިފައި ހުރިއިރުވެސް ބޭރުމީހުން ވަޒީފާތަކުގައި ކުދި މުސާރައިގަ ތިބުމުގެ ސަބަބުން އަހަރެމެންގެ ދަރީންނަށް އެފުރުޞަތު މުޅީންހެން ގެއްލިފަ އޮތީ، މިހާރު އަދި މިނިމަމް މުސާރައެއް ދިވެހިންނަށް އޮވެފަ ބޭރުމީހުންނަށް ނެތުމުން ދިވެހިން މިދަނީ މުޅިންހެން ކުންފުނިތަކުން ބާކީވަމުން، މިކަމަކަށް ހައްލެއް ނެތް. ހުރިހާ މޮޅެއް އޮތީ ރިސޯރޓް ވެރިންނަށެވެ.

އިކުއާޓަރ ވިލެޖް، ގަމުގަ ކައިމޫ ކުންފުނީގަ މަސައްކަތްކުރާތާ 20 އަހަރުވެގެން ހަނދާނީ ލިއުން ލިބުނުއިރު އެއީ ލައްކަ ޒަމާން މުޅިއުމުރު ! 40 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރީ ޓުއަރިޒަމްގެ މަސައްކަތު، ވަރައް ދަތިއުންދަގޫ ކޮއް ލޮނުން ފެންވަރައިގެން ތެއޮކޮޅެއް އުނގުޅާލައިގެން ސާފުފެންކޮޅެއް ނުފެނި މިއަދު ރަސޯރޓުތައް ތަރައްގީވެފައެހެރީ ރައްޔިތުންގެ ގުދާރު މަތިންކަން ހަންދާން ހުރިބަޔަކު ތިބިހެނެއް ހިއެެއްނުވޭ ރިސޯރޓުތައް ފެށުނީއްސުރެ އުޅުނު މީހުން މިއަދު އާއިލާއާވެސްދުރު ގޭއުންދޯލިހެއްލަން ގިނަވަގުތު ދެން ގޮވީމަ މިސްކިއްދޮށައް ގިނައީ ކޮންމެސް ސިއްހީ މައްސަލައެއް ދިމާވެގެން ފުރަން ޖެހުން ނޫނީ ނުގެންދެވިފަ އޮއްނަން ޖެހުން ! ސުޓރޯކެއް ކިޑްނީކަމެއް ޑައިލަސިސް ހެދުން ހާރޓު އެޓޭކް މިކަހަލަ އުމުރުން ދޮށީ ގިނަމައްސަލަ އިންޑަސްޓުރީ ކޮޅައްޖެހި ގިނަމީހުންގެ ހާލަކީމީ. އަސަރަާއެކު އަލްސިއޯން ވާހަކަ ކުރުކޮއްލިއެވެ .

އުމުރުގެ ގިނަދުވަހު ވަޒީފާ އަދާކުރި ރިސޯރޓް ހޮޓާ.

އިންޑަސްޓުރީގަ ގެސްޓުއްނައް ހިދުމަތް ދޭން އެންމެ އުނދަގުވި ދުވަސް ވަރުވެސް ކިއާލަދިން (ގެސްޓުއްނައް ދޭންވީ ކޮންޖަވާބެއްކަން)

އިކުއޭޓަރ މަސައްކަތް ނިންމާލި ދެތިން އަހަރު މެނޭޖްމެންޓަށް އައި ބަދަލު އެއީ މުޅި އިންޑަސްޓްރީގައިވެސް އެންމެ ގެސްޓުންނަށް ޚިދުމަތްކުރަން އުނދަގޫވި އަދި ވަޒީފާގައި އެއްވެސް ހަމައެއްނެތި މުވައްޒަފުންނަށް ވަރަށް އިހާނެތި ވަރަށް އުނދަގޫ ދެތިން އަހަރު ކަމުގައި އެލްސިއޯން ކިޔައިދިނެވެ. އެކަންވެސް އެނިމުނީތާއޭ ! އެލްސިއޯން އާއި އެކީ ހަތަރުވަރަކައް އަހަރު އެއްކޮއް މަސައް ކަތުގާއުޅެވުނެވެ ވަރައް ގެސްޓުއްނާ ގާތްކޮން ގިނަވަގުތު ސޭލްސް އިތުރުކުރުމުގެ ތަޖުރިބާ ހުރި މޮޅު ވެއިޓަރެކެވެ. މައްސަލަ ކުޑަ ގިނަވަގުތު މަސައްކަތުގެ ޒިންމާ ނަގާ ހިނިތުންވުމާއެކު މަސައްކަތުގެ މާހައުލުން އަބަދުވެސް ފެއްނަކަން ފާހަގަ ކޮއްލެވެއެވެ.
މިއަދު ގޭގަ މީންދީ ރިޓަޔަރ ކޮށްގެންނޭ ތަންކޮޅެއް ހަރުކޮއް ބުނެލިއެވެ ! އައްޑޫގެ ތަރައްޤީގެ ކަންތަކާ ކަންބޮޑުވާކަމާ އުއްމީދުގަ ތިބެތިބެ މާޔޫސް ވާކަމަށްބުނެ އިރާދަކުރެއްވިއްޔާ ރަނގަޅުވާނޭ ކަމަށްބުނެ ނިންމާލީ އެވެ.

ފަންސާސް އަހަރުގެ ޓުއަރިޒަމް ޚިދުމަތް ފާހަގަކުރަމުން ޓީ ވީ ތަކުން ދައްކަމުން ކިޔަމުން ދާއިރު އަދުގެ ސަރުކާރު އަދި މިނިސްޓްރީ މިކަންކަން ހަނދުމަފުޅު ހުރިހެނެއް ހިއެއްނުވެ އެވެ. ދެހާސް ވަނަ އަހަރު މިވަރު ބައެއްގެ އަތުން އެވަރު ކަމެއް ވެސް ހިނގައިފާނެތާ އެވެ.

އެޑިޓަރުގެ ނޯޓް: މިއީ "ގެއްލުނު ހާޒިރީ" ގެ ނަމުގައި އައިސީ "އައްޑޫ ލައިވް" ގައި ގެނެސްދޭ ދެވަނަ އާޓިކަލެވެ. މި ސުރުހީގެ ދަށުން ގެނެސްދޭ ލިޔުންތައް އަމާޒުކޮށްފައި ހުންނާނީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގެ ހިދުމަތްތެރިންގެ ތެރެއިން އެ މީހުންގެ ހިދުމަތުގެ އަގުވަޒަން ނުކުރެވި ހުރި، އެކަމަކު އެ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރި "ގެއްލިފައިވާ" ހިދުމަތްތެރިންގެ ވާހަކަތަކަށެވެ.