Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ޝަވަން އަށް އެންސްޕާއިން ފައެއް ޖަހައި ދެނީ

އެއް ފައި ނެތަސް އާދައިގެ އެހެން ކުދިންނެކޭ އެއްގޮތަށް ފުޓްބޯޅަ ވެސް ކުޅޭ ހދ. މަކުނުދޫ އަހުމަދު އަހުމަދު ޝަވަން މުހައްމަދަށް ފައެއް ޖަހަން އެންސްޕާ އިން އެހީވާން ނިންމައިފި އެވެ.

ހަތް އަހަރުގެ ހުނަރުވެރި ކުއްޖާގެ އާއިލާ އަށް އެތަނުން ގުޅައި އެހީވާން ނިންމާފައިވާކަން އިއްޔެ އަންގާފައިވާ ކަމަށް އާއިލާ އިން ބުންޏެވެ. މަކުނުދޫ ސްކޫލްގައި ކިޔަވަމުން އަންނަ ޝަވަން އަށް އެންސްޕާ އިން އެހީވާން ނިންމާފައި މި ވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވެސް އެ ކުއްޖާ އަށް އެހީވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

އޭނަ މިދިޔަ ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކުއްޖާ ކުޅިވަރު ކުޅުމަށް ބޭނުންވާނެ ޕްރޮސްތެޓިކް ފަަޔެއް ނޫން ނަމަ ރަނިންގ ބްލޭޑެއް ހޯއްދައި ދެއްވާނެ ކަމަށެވެ.

އާއިލާ އިން ބުނި ގޮތުގައި ޝަވަން އެހީވާން ނިންމައި، ފައެއް ޖެހުމާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަން ފުރިހަމަކުރަން އެ ކުއްޖާއާ ބެހޭ ލިޔެކިޔުންތައް ފޮނުވަން އެދިފައިވެ އެވެ. އެންސްޕާ އިން ވާން ނިންމި އެހީއަށްޓަކައި ޝަވަންގެ އާއިލާ އިން ވަނީ ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

ޝަވަން އަކީ ވިހޭ އިރު ވެސް ކަނާތުގެ ފައިގެ ކަކުލުން ތިރި ނެތް ކުއްޖެކެވ. އޭނަ އަކީ ބަނޑަށް ފަސް މަހުގައި ސިރޭރިއަން ހަދައިގެން ނެގި ކުއްޖެކެވެ.