Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މިސްރުގެ ކޯހަކަށް އިމާމުންނަށް ފުރުސަތު ހުޅުވާލައިފި

މިސްރުގައި ހިންގާ އިމާމުން ތަމްރީންކުރުމުގެ ކޯހެއްގައި ބައިވެރިވާން އިމާމުންނަށް އިސްލާމިކް މިނިސްޓްރީން ފުރުސަތު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ ދެ މަސް ދުވަހުގެ މުއްދަތަށް ހިންގާ ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ އިމާމުންނަށް ކުރިމަތިލާން މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މިސްރުގެ ވެރި ރަށް ގާހިރާގައި ހިންގާ ކޯހިގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އަރަބި ބަހުން ރަނގަޅަށް ލިޔަންކިޔަން އެނގުމާއި، ކަމާގުޅޭ ދާއިރާގައި މަސައްކަތްކުރާ މީހަކަށްވުމެވެ. މީގެ އިތުރުން ދީނީ ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށް ވުރެ މަތީ ސެޓްފިކެޓެއް ލިބިފައިވުން ނުވަތަ ދީނީ ތަގުރީރު ކުރުމާއި، ވަޢުޟު ދިނުމުގެ ހުއްދަ ލިބިފައިވާ މީހަކަށް ވާން ޖެހެ އެވެ.

މިނިސްޓްރީން ބުނީ ކޯހަށް އެންމެ ގާބިލު މީހުން ހޮވުމުގައި އަރަބި ބަސް ރަނގަޅަށް ލިޔަން ކިޔަން އެނގޭ މިންވަރާއި ތަޖުރިބާ އަށް ބަލާނެ ކަމަށެވެ.

މިއީ އިމާމުންނާއި ދާޢީންނަށް އިތުރު ކުރިއެރުމާއި، ތަމްރީނުތައް ފޯރުކޮށް ދިނުމުގެ މަގުސަދުގައި މިސްރު ސަރުކާރުން ހުރިހާ ޚަރަދެއް ދޭ ހިންގާ ކޯހެކެވެ.