Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތްތަކެއް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަމިއްލަ ދެ ކުންފުންޏަކުން ދެ މިސްކިތެއް ބިނާކުރުމަށް މިއަދު އެ ކުންފުނިތަކާ ބިން ހަވާލުކޮށްފި
އެވެ.

އެ ދެ ކުންފުންޏަކީ ސަން ފްރޮންޓާއި ވެލިގާ ހާޑްވެއާ އެވެ.

ސަން ފްރަންޓުން ބިނާކުރާ މިސްކިތަކީ ޒަމާނީ އަދި އިސްލާމީ ތަރިކަ ރަމްޒުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތް ބިނާކުރުމަށް ބޭނުންވާ ބިން ޙަވާލުކުރުމުގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯރޕަރޭޝަން އެޗްޑީސީ) ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. ސަން ފްރަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރަޝާދު އާދަމެވެ.

ސަން ފްރޮންޓާ ހަވާލުކުރީ 22،900 އަކަފޫޓޫގެ ބިމެކެވެ. އަދި އެއީ 2000 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ވެލިގާ ހާޑްވެއާ އިން ބިނާކުރާ މިސްކިތުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަބޫބަކުރެވެ.

ޒަމާނީ ރީތި ފަރުމާއަކަށް ބިނާކުރާ މި މިސްކިތް އެޅުމަށް 15،400 އަކަފޫޓުގެ ބިމެއް ހަމައްސާފައިވެ އެވެ. އަދި މިއީ 2،200 މީހުންގެ ޖާގައިގެ މިސްކިތެކެވެ.