Last Updated: March 29, 10:07
Friday, March 29, 2024
ޚަބަރު

އެފްކޮންސް އަށް 69 މިލިއަންގެ ޖޫރިމަނާއެއް

މިހާރު ކުރިއަށް ގެންދާ ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތުގެ ތެރޭގައި ވިލިމާލެ ފަރަށް ގެއްލުންތަކެއް ލިބުނު މައްސަލާގައި މަޝްރޫއުގެ ކޮންޓްރެކްޓަރު، އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ 69 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ނިންމަފި އެވެ.

އެންވަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެ ކުންފުނި ޖޫރިމަނާކުރަން ނިންމީ ޖުމްލަ 69.4 މިލިއަން ރުފިޔާ އިންނެވެ. ނަމަވެސް މިކަމާ ބެހޭ އިތުރު ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ.

އެފްކޮންސް ޖޫރިމަނާކޮށްފައި މި ވަނީ ފަރަށް ލިބުނު ގެއްލުން ބެލުމަށް އީޕީއޭ އިން ކުރިއަށް ގެންދިޔަ ދިރާސާ ބަލައިނުގަނެ، އެ ކުންފުނިން އަމިއްލަ އަށް ދިރާސާއެއް ހަދަން ބޭނުންވާ ކަމަށް ބުނެފައި ވަނިކޮށެވެ.

ވިލިމާލެ ފަރަށް ބްރިޖްގެ ޕްލެޓްފޯމް އެރީ އޮގަސްޓް މަހުގެ 16 ގަ އެވެ. އަދި އެ ނެގީ އެ މަހުގެ 27 ގަ އެވެ.

އެފްކޮންސް އަކީ އައްޑޫގެ މަގުތައް ވެސް ހަދާ ކުންފުންޏެވެ.