Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ޝަވަންގެ ހިތްވަރަށް އައްޑޫ ކައުންސިލުން ސާބަސް

އެއް ފައި ނެތި ފުޓްބޯޅައިގެ ހުނަރު ދައްކަމުން އަންނާތީ މުޅި ރާއްޖޭގެ ސަމާލުކަން މިހާރު ހޯދާފައިވާ ހއ. މަކުނުދޫ އަހުމަދު ޝަވަން މުހައްމަދަށް އައްޑޫ ސިޓީ ކައުންސިލުން ވެސް ހިތްވަރާއި ސާބަސް ދީފި އެވެ.

ޝަވަން އަށް ހާއްސަކޮށްގެން ހިތަދޫގައި ހުންނަ ކައުންސިލް އިދާރާގައި މިއަދު ހާއްސަ ހަފުލާއެއް ބާއްވައި، ޝަވަން ބޯޅައަކާ ކައުންސިލްގެ ނަމާއި ޝަވަންގެ ނަން ޖެހި ޖާޒީއެއްގެ އިތުރުން ތަފާތު ހަދިޔާ އާއި ކައުންސިލްގެ ފަރާތުން ހިތްވަރުގެ ހަނދާނީ ލިޔުމެއް ވެސް ދިނެވެ. އެ ހަފުލާގައި ޝަވަންއާ އެކީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ އައްޑު އަށް އައި ޝަވަންގެ އާއިލާގެ މީހުންނާއި ޝަވަންގެ އައްޑޫ ދަތުރު އިންތިޒާމުކުރި ހިތަދޫ މައިލޯ ޓީމްގެ މެމްބަރުން ވެސް ހިމެނެ އެވެ.

ޝަވަންގެ އައްޑޫ ދަތުރުގައި އެންމެ އިސްކޮށް ހުރީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އަދި އޭނާ އަކީ ޝަމްވީލް ގާސިމް (ބޮންޑާ) ވެސް މައިލޯ ޓީމްގެ ފަރާތުން ހަރަކާތްތެރިވެ އެވެ. ޝަވަން އައްޑު އަށް ގެނެސް އެ ޓީމުން މިހާތަނަށް އޭނައާ އެކީ އެކިއެކި ހަރަކާތްތައް ބާއްވާފައިވެ އެވެ.

މަކުނުދޫ ސްކޫލްގައި ކިޔަވަމުން އަންނަ އުމުރުން މިހާރު 7 އަހަރުގެ ޝަވަން އަކީ ވިހޭ އިރު ވެސް ކަނާތު ފައިގެ ކަކުލުން ތިރި ނެތް ކުއްޖެކެވެ. އޭނަ އަށް ފައެއް ޖަހައިދޭން އެންސްޕާ އިން މިހާރު ވަނީ ނިންމައިފަ އެވެ.