Last Updated: March 29, 14:00
Friday, March 29, 2024
ރިޕޯޓް

ގެއްލުނު ހާޒިރީ: ލަބީބަކީ ފުޓްބޯޅައިގެ ވިދާލި ނަމެއް

ލަބީބާ އަކީ އައިސީ.

ސ. ފޭދޫ ޖަނބުރޯލުމާގެމުޙައްމަދު ލަބީބު އިނގިރޭސީންގެ ވަޒީފާ ގަމުން ހަމަޖެހިގެން ދިއައީ 1960 ގެ ވަރަށް ފަހުކޮޅު ސާޖަންޓް ކުއާޓަރުގެ ޕްރައިވެޓް ރޫމްބޯއީކަން ލިބުން ވެގެން ދިޔައީ އިނގިނިރޭސީންގެ ވަޒީފާ 1976 ގައި ގަމުން ފޭބުމާ ހަމައައް އަދާކުރުމުގައި ދެމިހުރުން ކަމުގަ އެވެ.

އިނގިރޭސީން ވަޒީފާ ދިނުމާ މަސައްކަތް ތަރުތީބު ކުރެވިފާވާގޮތް ކޮންމެވެސް ވަރަކަށް ކިޔާލަދިނެވެ. ގަމުގެ 20 ނަމްބަރު ބްލޮކްގައި ހުންނަ 10 ކޮޓަރިއެވެ. ރޫމް ބޯއީކަން ކުރުން އެއީ ތިމަންނާގެ ދުވަހު މަސައްކަތެވެ. އެގޮތުން މުޅިދުވަހަށް ބަހާލައިގެން 10 ކޮޓަރި އެކި ގަޑިގަޑީގައި ސަރޖެންޓުންނާ ފުށުނާރާގޮތަށް މަސައްކަތް ނިންމާލުމުގެ އުނދަގޫކަމެއް ނޯންނަކަމާ ތިމަންނަޔަށް ވަޒީފާގެ ގޮތުން މުސާރަ ދޭނީ ސަރޖެންޓުން އަމިއްލައަށްކަމާ ވަރަށް އޯގާތެރި ގާތްކަމާ ރަނގަޅު ބައެއްކަމުގައި ބުނެވިދާނެއެވެ. އެގޮތުން އެޒަމާނަކީ މުޅިދުނިޔޭގަ އިންގިރޭސީންގެ ބާރު ހިންގަމުން ދިޔަޒަމާން ކަމުން މިމަސައްކަތުގެ އަޙުލާގާ ފެންވަރާއި ހަރުދަނާގަވައިދު ވެގެން ދިއައީ ވަޒީފާ ތެރޭން ހޭލުންތެރިކަން އިތުރުވެ މުޅިދިރިއުޅުމައް ވެސް ފައިދާ ލިބިލިބެމުންދާ ކަންކަމަށެވެ.

އެވްރެޖްކޮށް ގަމުގާ އެޒަމާޏުގަ ކުރެވެމުން ދިޔަ މަސައްކަތަކީ ދުނިއޭގެފެންވަރުގެ މަސައްކަތެވެ އިނގިރޭސީންފޭބުމާގުޅިގެން މުޅި އައްޑުއަތޮޅައް ލިބިގެންދިޔަ ނިކަމެތިކަން މިއަދާހަމައަށް ވެސް އެވާހަކަ ދެއްކެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

2022ނޮވެމްބަރ 16 ވަނަ ދުވަހު އަތޮޅުގެ ވާދަވެރި މުބާރާތުގެ ތަށި ލިބުނު ފޭދޫ ޓީމުގައި ލަބީބުގެ ދެދަރިން ހިމެނުމުގެ އާއިލީ މެންބަރުންގެ އުފާ… ހިތަދޫސުޓޭޑިއަމް.

އަނބިދަރީން އާއި ލޯބިވާމައިންބަފައިންއާ އާއިލާތައް ދޫކޮށް ދާާންޖެހުމުގެ ހިތާމަ 50 އަހަރު ފަހުން މިއަދު މި އުނދޯލީގައި އިންނަ އިރު ވެސް އިހުސާސްވޭ! ގޮތެއް ނެތުމުން މަޖުބޫރީހާލަތުގައި މާލެދިއަގިނަމީހުއްނަކީ ހަޭލުންތެރި މަސައްކަތް ދައްނަ ގައުމެއް ބިނާކުރަން މުހިއްމު ބައެކޭ ބުނެވޭސަބަބަކީ ވެހިކަލް ކުދި ބޮޑު (ފަޔަރ ލޮރީ ފެށިގެން ގޮސް ސުކޫލް ބަސްކެރޭނު ކާރު ކަމުގާ ވިއަސް) ކަނޑުމަތީ އުޅަނދު ފަހަރު (ކޮޅުވެއްޓީން ފެށިގެން އެކިސައިޒުގެ ލޯންޗު)، (ރިސޯރޓެއް ހިންގުމުގެ ސަރވިސް ދާއިރާ) ކަމުގައި ވިއަސް ގަވައިދުން ޓުރެއިނިންގް ލިބިގެން ވަޒީފާގެ ޒިންމާ ދައްނަނީ އެވެރިން ކަމުއްނެވެ.

އިނގިރޭސީންގެ އެކިވަރުގެ ގިނަވެރިންނަކީ ވަރައް ހިއްހެޔޮގާތް ބައެއް ކަންކިއާދެމުން އެންމެފަހުން ފުރި މީހުންގެ ހަނދާން އާކޮއްލަމުންބުނީ އެމީހުން ފުރަމުން ދިން ކުނޑި ސައިބޯނި ޕެކެޓް (އަތުން ދައްކާލިއިރު ދެފޫޓައްވުރެ އުސް ) އަހަރެއްހަަާދުވަހުގެން ގުންގުޅެވުނުވާހަކަ އެކަހަލަ ކިތަންމެ ގާތްކަމަކާ އެހީތެރިކަމެއް އެވެރިންގެފަރާތުން ލިބުނުވާހަކައެވެ.
ލަބީބް އަކީ އެޒަމާނުގެ މަޟްހޫރު ފުޓްބޯޅަކުޅުން ތެރިއެކެވެ.

70 ގެ ކުރީކޮޅު ޑީއެންސީ އަކީ ކާމިއާބުފުޓްބޯޅަޓީމެއް

އެގޮތުން 60 ގެ ފަހުކޮޅު 70 ގެ ތެރޭން ގޮސް 84 ކާ ހަމައަށް ރާއްޖޭގެ ނަން މަޟްހޫރު މޮޅު ފޯވަޑެކެވެ ގޯލާ ރައްޓެހި ކުޅުންތެރިއެކެވެ. ދިވެހިރާއްޖޭގެ ފުޓްބޯޅަ ތާރީޚުގެ އެންމެ މޮޅު އެށް ކުޅުންތެރިޔާ ކަމާމެދު ޝައްކެއް ވެސް ނެތެވެ.

އައްޑޫގައި 1969 ފޭދު ޑީއެންސީ، އުފެދިގެން ދިއުން ވެގެން ދިޔައީ ފުޓްބޯޅައިގެ ތާރީހުގާވެސް ތަފާތެއް ދެއްކި ޓީމަކަށެވެ ވަކިވަކިކުޅުންތެރިންގެ ހުނަރާ ޓީމުގެ އިނތިޒާމުވުުމާ ބޫޓާއި ޖާޒީ އިސްޓާކީނާ މިހެން ގޮސް ވަކިވަކި ސާމާމާނައް ބަލާލިއަސް ތަފާތު މަންޒަރެއް ކަމުގާ ލަބީބު ވާހަކައިން ސިފަވެގެން ދިޔަ އެވެ.

އޭރު ޑީއެންސީ އަށް މާލޭން ދިމާވި ބައެއް ނުކިއްސަރު ކަންތަކުތެރޭ އެއް ކަމެއް ލަބީބު ކުޑަކޮއް ކިއާލަދިނެވެ އެއަހަރުގެ ފުރަތަމަ ޑީއެންސީ ކުޅުނު މެޗުވަރައްމޮޅައް ކުޅެ ޑީއެންސީ މޮޅުވެގެން ދިއުންވީ ފިސާރި ސަޕޯރޓު ލިބި ލައްކަ ތަފާތު މޮޅަކޮށެވެ. ޖެހިގެން އައި މެޗުން ދަނޑުމަތީން ފެނުނީ މުޅިން އެހެން ޑީއެންސީ އެކެވެ ހަރަކާާތް މަދު ވަރުބަލިކަން ބޮޑު ދަންޑުބޭރުން ހޯއްގޮވާފަ ބޯޅަ ދައްކާހިސާބައް ދަންޑުމަތީ ކަންކަން ގޮސް ބަލިވި މެޗަކަށެވެ މިމެޗައް ފަހު މާލޭ ޑިސްޕެން ސަރީއެއްގަ އިން ބޭސްދޫކުރަންއިން އާދައިގެ ފާރމަސިސްޓަކައް އަދަބުލިބުނު ހަބަރު އަޑުއެހީމެވެ! ( އާއްމުކޮން ކަންހިންގާއުސޫލުން )
އޭރުގެ މާލޭ ގެ ފުޓުބޯޅައިގެ ޓީމުން ބޮޑައް ފެނިގެންދާނީ މާލެ ބައެއް ވެރިންނާ ގުޅި ޑީއެންސީ ޓީމު ކަޓުވާލެވޭނެ އިންތިޒާމީ ގޮތެކަވެ!

70 ގެ ފަހުކޮޅުގެ ރިޔޫނިއަން އަށް ދިޔަގައުމީ ޓީމާ އައްޑޫ ކުޅުންތެރިންގެ ޓީމަކާ

ހަތްދިހަ ވަނަ އަހަރުގެ ޑީއެންސީ ޓީމައްވެސް ލަބީބު ކުޅުނު ވާހަކަ ކައިއި ދިނެވެ. އެ އަހަރު ގައުމީ ފުޓުބޯޅަމުބާރާތް ބޭއްވުނީ އައްޑުއަތޮޅު ހިތަދޫ ގައެވެ މާލޭޒަމާނީ ކުލަބާއެކު ޑީއެންސީ ފައިނަލް ކުޅެ ދެޓީމު އެއްވަރުވުމުގެ ނަތީޖާއަކައްވެގެން ދިއައީ ޖޮއިންޓު ޗެމްޕިއަނުންގެ ގޮތުގާ ދެޓީމައް ތަށިލިބުމެވެ. އޭގެ ފަހުން 1972 ގައި މާލެދިޔަ ޓީމް ފުރިއިރު ބަލިވެގެން ޓީމުގެ ދަތުރުގައި ބައިވެރިވެވޭ ގޮތެއްނުވިއެވެ. ކަންދިމާވީ މުޅިން އެހެންގޮތަކަށެވެ.

އޭރު ޒުވާނުންގެ ކުޅިވަރުގެ ކަންތަކުގައި ވަރަށް އިސްކޮށް އުޅޭ އެކަކީ ޙަސަން ރަހާބޭ ކަމުން އެއްގޮތަކަށްވެސް ޙަސަން ރަހާބެއަކަށް ގަބޫލެއްނުކުރެވުނު ތިމަންނަ ނެތި ޓީމް ކުޅޭކަށް އެގޮތުން ބޯޓެއް ހޯދައިގެން 10 ޕައުންޑް ދީގެން ޙަސަން ރަހާބެ މެޗް ކުޅެންއޮތް ދުވަހުގެ ހެނދުނަށް ދިއުމުގެ ވިސްނުމުގައި ފެށިދަތުރު ގިނަވަގުތު މާލިމީއާ އެއްކޮށް ހިތްހަމަޖެއްސުމުގައި އުޅުމުގެ ނަތީޖާއަކީ މެޗް ކުޅެން އޮތްދުވަހު ހެނދުނު ބޯޓު މާލެ ފަޅަށް ވަދެވުނުކަމުން އެދުވަހު ހަވީރު މެޗަށް ދަނޑަށް އެރުމުގެ ނަސީބު ލިބިގެން ދިއުމެވެ. 1972 ގައުމީ ފައިނަލް ކުޅުނީ ހެެންވޭރު ރަސްމީ ބޯޅަ ދަންޑުގައެވެ ފައިނަލް ގައި ބައްދަލުކުރީ ޓެނިސް ކުލަބާ ޑީއެންސީއެވެ އެއަހަރު ސުރީލަންކާގެ މިޑްފީލްޑަރަކާ ސެންޓަރ ފޯވަޑެއް ޓެނިސް ކުލަބައް ކުޅުނު ކަމުގާ ޑީއެންސީގެ އޭރުގެ ކެޕްޓަން މުފީދު ފަރާތުން އެނގިގެންދިއައެވެ. ފައިނަލްމެޗުން އެއްވަރުވުމުގެ ނަތީޖާއަކީ އޭރުއޮއްނަގޮތުން ދެޓީމައް ތަށިލިބިގެން 72 މުބާރާތް ނިމުނީއެވެ.

70ގެ ފަހުކޮޅުގެ ފޮޮޓޮއެއް.

1979 ން 1984 އަށް ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބަށް ކުޅުން އެއީ ކުއީން ވަޙީދުގެ ވަރަށްބޮޑު އެދިލެއްވުމަކަށް 1982 ގައި ނިއުރޭޑިއަންޓް ޗެމްޕިއަންކަން ހޯދި ޓީމަށްވެސް ކުޅެ އެދުވަސްވަރު އެއީ ރިސޯރޓް އަދި ހޮޓެލް އެލިއާގައި މަސައްކަތްކުރަމުން މުބާރާތް ކުޅުނު ދުވަސްވަރެވެ.

ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗް އަބްދުލް ޖަލީލު (އަބުޖީ) ބުނީ އެއީ ދަނޑުމަތީގަ ހަމަ ބަ…އެކެވެ.
ހިނިގަނޑެއް ޖަހާފަބުނީ ރާއްޖޭގެ ނެށަނަލްޓީމެއް ނުނެގޭނޭ ލަބީބު ނުލައެއް ! ރާއްޖޭޖަކުޅުނުއެންމެމޮޅު އެކަކުކަމުގާ ލަބީބު ވާނެކަމަށެވެ.
84 މުޅިންހެން ރިސޯރޓް ވަޒީފާއަށް ފޯކަސްކޮށްގެން އެއީ ސީރިއަސްކޮށް ދިރިއުޅުމާ އާމްދަނީކަމަށް ބަލައިގެން ޤައުމީ މުބާރާތް ފަސްޓް ޑިވިޝަންއަށް ކުޅުން ނިންމާލީއެވެ. 1980 ގެ ކުރީކޮޅު ބަނޑޮސް ވެއިޓަރެއްގެ ވަޒީފާއިން މަސައްކަތް ފަށައިގަތީމެވެ ކަންދިމާކުރިގޮތުން ބަންޑޮހުގެ ރެސްޓޯރަނޓް ވެރިއަކައް ހުރީ މާލޭ އިގްބާލްއެވެ ( 90 ގެ ތެރޭ މިރިހި ރިސޯރޓުގެ ޖީއެމް) ފުޓުބޯޅައައް ފޯރިހުއްނަ ވަރައް ރަނގަޅު މެނޭޖަރެކެވެ.

ބަންޑޮސް ރިސޯރޓް

ވަޙީދުއްދީން ރަށުގެ ވެރިޔާ ބަނޑޮސް ފުޓްބޯޅަ ޓީމެއްހެދުމާ އެކަމުގެ އެހީތެރިކަމަށް އެދުމުން ބަންޑޮހުގެ ފުޓްބޯޅަ ޓީމުގެ މެނޭޖަރަކައް ޕެރިސް ނަސީމް ހަވާލުވެ ކޯޗެއްގެގޮތުން ކުރިމަސައްކަތް ޤައުމީ މުބާރާތެއްގަ 3 ވަނަ ޑިވިޝަންގެ ތަށި ލިބުން އެއީ ބަނޑޮސް ޓީމަށް އިތުރު ފުޓުބޯޅައިގެ ހިތްވަރަކަށް ވެގެން ދިޔައެވެ ! ފުޓްބޯޅައިގަ އެހީތެރިވުމުގެ ގޮތުން ވެޓެރަންސް މުބާރާތް އަދި ޚާއްޞަ މެޗް ބައެއް މުބާރާތުގެ ޗީފް ގެސްޓް ކަންވެސް ވަގުތު ލިބޭވަރަކުން ކޮށްފަ ހުންނާނެއެވެ. ބަނޑޮހުގެ މަސައްކަތް ފަށައިގަތީ ރެސްޓޯރަންޓް ވެއިޓަރު ކަމުންނެވެ. އޭރު ރެސްޓޯރަންޓް މެނޭޖަރަކީ އިޤްބާލް
ރިސޯރޓު މެނޭޖަރަކީ ވަޙީދުއްދީނެވެ. އެޔާޖެހުނު އެކިވެރީންގެތެރޭ ބުޝްރީ އާއި ނައީމް(ހެޕީ މާރކެޓް) ޕެރިސް ނަސީމް، ފޭދޫ ޖަލީލް މިހުރިހާ ވެރީންވެސް ކުޅިވަރަށް ވަރަށް ތަރުޙީބު ދެއްވާކަން ފާހަގަކުރެވެއެވެ. ފަށައިގަތް މުސާރައަކީ 300 ރުފިޔާއެވެ.

ރިސޯރޓް މަސައްކަތަކީ އަނބިދަރިންނާ މައިންބަފައިންނާ އާއިލާއާ ދުރުގަ ވަރަށް ހިތްދަތި ތަޖްރިބާއެއް ކަމުގައި ކިޔައިދެމުން ބުނީ ގުޅޭނެގޮތެއް ޚަބަރެއް އަންގާނެ ގޮތެއް ފަސޭހަކޮށެއް ނޯވެއެވެ. އަމިއްލަ ތަޖްރިބާ ކިޔައިދެމުން، އަމިއްލަ ދަރިޔަކު ވަކިވެ ނިމިދިއުންވެސް އެނގުނީ ދެތިން ދުވަސް ފަހުންކަމާ ޞިއްޙީ ޚިދުމަތުގެ ނިކަމެތިކަމުގެ އިހުމާލު ބޮޑުކަމާ ، ދަރިޔަކަށް ކިތަންމެ ބޮޑު ޞިއްޙީކަމެއް ދިމާވިޔަސް ފަރުވާއެއް އަޅާލުމެއް ، ބޭހެއް ނެތުމުގެ ސަބަބުން ލިބިފަހުރި ގެއްލުން އެއީ މިއަދުވެސް މާދަންވެސް ކޮންމެދުވަހަކުވެސް ލޯކުރިމަތިން ފެނިފެނި ހުންނަ ކަމަކަށްވުމީ ރިސޯރޓް ވަޒީފާގައި އުޅެމުންދިޔަ ދުވަސްވަރުގެހިއްދަތި ޙާލަތެވެ. ކޮންމެދުވަހަކީ އަންހެނުން ކުދިންކޮޅާއެކު ކިތަންމެ އުނދަގުލެއް ކަޑައްތުކުރާނެ ދުވަހެއްކަމުގައި ނުވެނުދާނެއެވެ. އަހަރަކު އެއްފަހަރު ލިބޭ އެއްމަހުގެ ޗުއްޓީ ދެކޮޅު ދަތުރާ އެކު އެއީ ހަމައެކަނި 30 ހަކަށް އަހަރު އާއިލާއަށް ދެވުނު ވަގުތަކީ ? ދެންއޮތީ އާއިލާއާ ދުރުގައި ކާންބޯން ލާރި ހޯދުމުގެ ދުވަސްތަކެވެ އޭރު ރިސޯރޓްތަކުންދޭ މުސާރައަކީ ރަމްޒީ އެއްޗެކެވެ. ލިބޭ ޓިޕްސްއިން ދިރިއުޅުމުގެ ޚަރަދު ހަމަޖެއްސި ދުވަސްވަރެވެ. އޭރުގެ ރިސޯރޓްތަކުގެ ހާލަތު ބަދަލުވަމުން ބަދަލުވަމުންގޮސް ފަނުން ހިޔާކޮއް އާދައިގެ ރޭނުމެއްގެ ކޮޓަރި ބަރިތަކަކުން ގޮސ މިއަދު ހައިވަކަރު ކުލައިގެ ލަކުޑިބީޗް ވިލާ އަގުބޮޑު މޫދުގެތަކާ ފާހާނާތަކާ ރެއިން ޟަވަރ އެއީ އެހެން ދުނިޔެއެކެވެ މުޅިދުނިޔޭގެ އެންމެ އަގުބޮޑު ބައެއް ހޮޓާތައްހުރި ޤައުމަކީ މިރާއްޖެ ކަމުގައި އެނގި އަދި ދުނިއޭގެ ޓީވީ އަދި ފޮތް ތަކުން ފެއްނަމުން ދާޙަގީގަތެވެ.
އަދި މިކަންކުރި ކޮންމެސް ބައެއްގެ ވާހަކަވެސް ގޮތްގޮތަށް އެދަނީ ޓީވީތަކުން ނަލަކޮށް ދައްކަމުންނެވެ ބަނޑޮހުގަ ވަޒީފާ އަދާކުރާތާ 25 އަހަރުގެ ހަނދާނީފިލާ ވެސް ލިބުނެވެ.

ބަންޑޮސްރިސޯރޓް ޓުއަރިސްޓުންގެ ހިދުމަތުގައި.

ތިރީސް އަހަރާ ގާތްކޮށް ޓުއަރިޒަމް ދާއިރާގައި އުޅުމަށްފަހު މިއަދު ރަށުގައި އިންނަން މިޖެހެނީ ފިކުރު ބޮޑުވުމުގައިކަން ފެއްނާންއޮތް ހަގީގަތެވެ.

ހަތް ކުދިންނާ އަންހެނުންނާއެކު ހަލާލު މަސައްކަތުން ހޯދި އާދައިގެ ދިރިއުޅުމެއް އަމިއްލަ ރަށުގާ ގޭގައި މަޑުމައިތިރި ކަމާއެކު ފެނިގެންދެއެވެ. މިއަދު ލަބީބް އެންމެގިނައިން ފެއްނާނީ މިސްކިތް ދޮށުން ގެއަށް އައްނަ މަގުމަތިއްނޭ ބުނުން ދޮގަކައް ނުވާނެއެވެ. ދިރިއުޅުމުގެ ކަންބޮޑުވުމުގެ ވާހަކަ ކޮންމެސްމިންވަރެއް ހިއްސާކޮއްލިއެވެ.

ޞިއްޙީ ޚިދުމަތް ، ވަޒީފާގެ ކަންތައް ، އާއްމު ދިރިއުޅުމުގައި ތަރައްގީގެފަސޭހައިގެ ގިނަކަންތަކަކީ ފައިސާާ ބޭނުންވާ ކަންތަކެވެ ? އަމިއްލަރަށުން ފައިސާ ލިބޭނެ ވަރައްމަދު ފުރުސަތެއް އޮތީ އަމިއްލަ ރަށުގައި އެފުރުޞަތު ތައުލީމީ ދަރިއްނައް ބަލާފަ ނެތޭބުނެވޭހާމަދު ޓުއަރިޒަމް ފެށިގެން ހިންގައިގަތް ވަރަށްވުރެ ބާރަށް ފަހަތައް ދިއުމުން ވަޒީފާގެ މާޔޫސް ކަންބޮޑުވެ ވަޒީފާ އަދާކުރަމުންދިޔަ މީހުންވެސް ރަށް ދޫކޮށް ދާންޖެހުންވެގެން ދިއައީ ޒަމާންވީ އިތުބާރު ގެއްލެމުންދާ ހަގީގަތަކަށެވެ ! މިހެންގޮސް ކަންބޮޑުވުމުގެ އަސްލު ވަރަށްބޮޑަށް ފެނި ސާފުވެގެން ދިޔައެވެ.

ބަންޑުހުގެ ވަޒީފާގެތެރެއިން އޭރުގެ މަޟްހޫރު ބޮލީވުޑް ތަރި ސަނީޑިއޯލް

ރިޓައަރމަންޓް އުމުރުގަ ކޮންމެމީހިކުވެސް އެންމެ ބޭނުން ވާނީ ރަނގަޅު ހޮސްޕިޓަލެއް ? ކާފަ މާމަ ކުދިންނާ ދަރިންނާއި މުސްކުޅި މައިންބަފައިންނާާ ކިތައްމެ ކުޑަކަމެއް ވިއަސް މިޖެހެނީ ރަށުންފުރަން މިނޫ ންގޮތެއް އަދިނުފެނޭޭ! އެކަމުގެކަންބޮޑުވުން މުޅި އަތޮޅުން ފެނޭ ރަށުން ލިބެންހުރި ޙިދްމަތެއް ނޭނގޭ ހިތަދޫ ހޮސްޕިޓަލުގެ ހިދުމަތުގެ ބޭނުން ހިފެނީ މާލެ ނޫނީ ރާއްޖޭން ބޭރަށް ގޮސްގެން ނޫން ގޮތެއް ނޯވެ އެވެ.

ލަބީބުގެ ދެމަފިރިން އެކުގައި ތިބެ މިވާހަކަ ކިއާދެމުން ދިއައިރު 50 އަހަރައް ވުރެ ކުރީގެ ހަނދާންތަކުގެ ވާހަކަ ކަމުން އަންހެނުން ތާރީހުތައް ނޯޓުކޮއްފާ އޮތް ފޮތެއްގެ އެހީތެރިކަމަާއެކު ތާރީހު ތަަކަުގެ ވާހަކަ ދައްކާލަން ފަސޭހަވެގެން ދިއައެވެ. ޒަމާން ތަކެއްގެ ވާހަކަ ކަމުން ކުދި ފުށުއެރުން ހުރުން ގާތެވެ!

މުޅި މިވާހަކައިގެ އަސްލަކީ ލަބީބުގެ 30 އަހަރައް ވުރެ ގިނަ އަހަރުގެ ޓުއަރިޒަމް ހިދްމަތް ކަމުން ދެކެވުނު މައިގަނޑުވާހަކައަކީ އަނބިދަރިއްނާދުރުގަ ޒަމާންތަކެއްގެ މަސައްކަތު މީހާގެ ވާހަކައެވެ ކޮންމެއަކަސް ލަބީބް އަކީ ފިސާރި ހިދުމަތެއް ކުޅިވަރަށާ ޓުއަރިޒަމްގެ ދާއިރާއަށް ތެދުވެރިކޮއް ގިނަ އަހަރުތަކެއްގެ މަސައްކަތު މީހެކެވެ.
ލަބީބުގެ ރިޒޯޓު މަސައް ކަތުގެ ވާހަކަނިންމާލަމުން ފާާހަގަކޮއްލި ވަހީދުއްދީން އަކީ ވެރިއަކައްވުރެ ގާތް އާއިލީ ރައްޓެއްސެއްގެގޮތުގާ އަބަދުވެސް ދެކެ ގުޅުން ބާއްވަމުން އައްނަކަމައް އަދި ލަބީބު އަންހެނުންވެސް ބޯޖަހާލިއެވެ ގާތް އެހީތެރިކަން ބާއްވާކަމުގާ ބުއްޏެވެ.

ލަލީބުގެ ހިދުމަތައް ސާބަަހެވެ އަދި އެކަން ގަބޫލު ކޮއް ހަނދާން ހުރި ގާތް ރައްޓެހީން ވެސް ތިބޭނެކަން ޔަގީންތާއެވެ.

ފަންސާސް އަހަރު ޓުއަރިޒމް ޙިދުމަތް ފާހަގަކުރަމުން ޓީވީއިން ދައްކަމުން ކިއަމުން ދާއިރު އަދުގެ ސަރުކާރު އަދި މިނިސްޓްރީ މިކަންކަން ހަނދުމަފުޅު ހުރިހެނެއް ހިއެއްނުވެއެވެ. ދެހާސް ބާވީސް ވަނަ އަހަރު މިވަރުބައެއްގެ އަތުން އެވަރު ކަމެއްވެސް ހިނގާފާނެތާ އެވެ.

އެޑިޓަރުގެ ނޯޓް: މިއީ "ގެއްލުނު ހާޒިރީ" ގެ ނަމުގައި އައިސީ "އައްޑޫ ލައިވް" ގައި ގެނެސްދޭ ދެވަނަ އާޓިކަލެވެ. މި ސުރުހީގެ ދަށުން ގެނެސްދޭ ލިޔުންތައް އަމާޒުކޮށްފައި ހުންނާނީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގެ ހިދުމަތްތެރިންގެ ތެރެއިން އެ މީހުންގެ ހިދުމަތުގެ އަގުވަޒަން ނުކުރެވި ހުރި، އެކަމަކު އެ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރި "ގެއްލިފައިވާ" ހިދުމަތްތެރިންގެ ވާހަކަތަކަށެވެ.