އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓްވިޓާ އެކައުންޓް އަނބުރާ ދީފި އެވެ.
ޓްވިޓާ އިން ޓްރަމްޕް ދާއިމީކޮށް ބޭރުކޮށްލީ މިދިޔަ އަހަރުގެ ކުރީކޮޅު ޓްރަމްޕްގެ ސަޕޯޓަރުންތަކެއް އެމެރިކާގެ ކޮންގްރެސް ހިސޯރުކޮށް އެތަނަށް ދިން ގެއްލުންތަކާއި ގުޅުވައި ހަމަނުޖެހުމަށް ހިތްވަރުދޭ ފަދަ ވާހަކަތަކެއް ދެއްކުމާ ގުޅިގެންނެވެ.
ޓްރަމްޕްގެ އެކައުންޓް އަނބުރާ ދީފައިވަނީ ޓްރަމްޕްގެ އެކައުންޓް އަނބުރާ ދިނުމާ ގުޅޭގޮތުން ޓްވިޓާގެ ވެރިޔާ، އީލޮން މަސްކް ނެގި ޕޯލަކުން ގިނަ ބަޔަކު އެކަމަށް ތާއީދުކުރުމުންނެވެ. އެގޮތުން އީލޮންގެ އެ ޕޯލަށް 15 މިލިއަން މީހުން ވޯޓުލާފައިވާއިރު 51.8 ޕަސެންޓް މީހުން ވަނީ ޓްރަމްޕްގެ އެކައުންޓް އަނބުރާ ދިނުމަށް ތާއީދުކޮށްފަ އެވެ.
The people have spoken.
Trump will be reinstated.
Vox Populi, Vox Dei. https://t.co/jmkhFuyfkv
— Elon Musk (@elonmusk) November 20, 2022
އީލޮން ވިދާޅުވީ އާންމުން ބަސް އިއްވައިފި ކަމަށާއި ޓްރަމްޕްގެ އެކައުންޓް އަނބުރާ ދޭނެ ކަމަށެވެ. އެގޮތުން ޓްރަމްޕްގެ އެކައުންޓް މިހާރު ވަނީ އަނބުރާ ދީފަ އެވެ.
BREAKING: Twitter has reinstated Donald Trump’s account after Elon Musk’s poll pic.twitter.com/5Imfa9GFmI
— Insider Paper (@TheInsiderPaper) November 20, 2022
ޓްވިޓާ އިން ބޭރުކޮށްލުމުން ޓްރަމްޕް ވަނީ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ހަދާފަ އެވެ. އެ ސޯޝަލް މީޑިއާ ޕްލެޓްފޯމަށް ދީފައިވާ ނަމަކީ "ޓްރުތް ސޯޝަލް" އެވެ.
ވެރިކަމުގައި ހުންނެވި ދުވަސްވަރު އާންމުންނާއި މުއާމަލާތް ކުރުމަށް ޓްރަމްޕް އެންމެ ބޮޑަށް ބޭނުން ކުރެއްވި ވަސީލަތަކާއި ޓްވިޓާ އެވެ.