Last Updated: June 24, 09:28
Wednesday, June 24, 2026
ޚަބަރު

އަލަށް ބާ އިމްތިހާނު ބާއްވައިފި

ރާއްޖޭގައި އަލަށް ބާ އިމްތިހާނު ބާއްވައިފިއެވެ.

ބާ ކައުންސިލުން ބުނީ އިއްޔެ އިމްތިހާނި ބޭއްވީ މާލެ އާއި އައްޑޫގައި ކަމަށެވެ. އެގޮތުން އިމްތިހާނުގެ ހެނދުނާއި މެންދުރު ފަހުގެ ސެޝަންތަކަށް 176 މީހަކު ހާޒިރުވިކަމަށާއި، މިއީ އިމްތިހާނަށް ރަޖިސްޓްރީވި ކެންޑިޑޭޓުންގެ 98.3 ޕަސެންޓް ކަމަށް ބުންޏެވެ.
އިމްތިހާނުގައި އަހަރުގެ ސިލަބަހުގައި ހިމެނޭ ދާއިރާތަކުން ދިވެހި ބަހާއި އިނގިރޭސި ބަހުން 120 ސުވާލެއް ހިމަނާފައިވާ ކަމަށް ބާ ވެސް ކައުންސިލުން ބުންޏެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ވަކީލުކަމުގެ ހުއްދަ ހޯދުމަށްޓަކައި ހަދަން ޖެހޭ ބާ އިމްތިހާނަކީ ގާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރާއި އެ ދާއިރާއާ ގުޅުން ހުރި އަސާސީ ހުނަރުތައް ދެނެގަތުމަށް އަހަރަކު އެއް ފަހަރު ބާއްވަން ނިންމާފައިވާ އިމްތިހާނެކެވެ.

ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމުގެ ގޮތުން ބާ އިމްތިހާނުގެ އިތުރުން ތަމްރީން ޕްރޮގްރާމެއް ވެސް ފުރިހަމަކުރަން ޖެހެ އެވެ.