އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންނަށް މަގާމުގެ ކުރިން ނުދޭތާ އަަށް އަހަރު ފަހުން މަގާމުގެ ކުރިއެރުން ދީފި އެވެ.
އެކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މަގާމުގެ ކުރިއެރުން ލިބުނު އޮފިސަރުންނަށް ހަވާލުކޮށް ދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ އެވެ.
މަގާމުގެ ކުރިއެރުން ދިނީ ވަނީ ލާންސްކޯޕްރަލް ރޭންކުން ކޯޕްރަލަށާއި، ކޯޕްރަލް ރޭންކުން ސާޖަންޓު ރޭންކަށާއި އަދި ސާޖަންޓުން ސުޕްރިންޑެންޓް ރޭންކަށެވެ. އެގޮތުން މި އެ ރޭންކުތަކަށް ޖުމްލަ 58 އޮފިސަރަކަށް މަގާމުގެ ކުރިއެރުން ދީފައިވެ އެވެ. މީގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގެ އެ އެއާޕޯޓްތަކުގައ މަސައްކަތްކުރާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ އޮފިސަރުން ހިމެނެ އެވެ.
އޭވިއޭޟަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުންގެ މަގާމްގެ ކުރިއެރުން ދިނުމުގެ ރަސްމިއްޔާތު. މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ އަހްމަދު ދީދީ@MariyaDidi @AliAshgar @MoDmv pic.twitter.com/jN191Dtn59
— AVSECOM (@AVSECOMmv) November 19, 2022
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ޕްރޮމޯޝަން ޤަވައިދު ބުނާ ގޮތުން "އިންރޭންކް ޕްރޮމޯޝަން" ކޮންމެ ދެ އަހަރުން އެއް ފަހަރު ކުރިއެރުން ހައްގުވާ މުވައްޒަފުންނަށް އިންސާފުވެރިކަމާއި އެކު ދޭން ޖެހޭ އިރު، "ރޭންކް ޕްރޮމޯޝަން" ކޮންމެ ތިން އަހަރަކުން އެ ޕްރޮމޯޝަން ހައްޤުވާ ފަރާތްތަކަށް ދޭން ޖެހެ އެވެ.
ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުން "އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު"ގެ ނަމުގައި ވަކި މުއައްސަސާއެއް އުފެއްދީ 2013 ގަ އެވެ. އޭގެ ކުރިން އެއާޕޯޓުގައި ސެކިއުރިޓީގެ ހިދުމަތް ދެމުން އައީ އެއާޕޯޓް ސެކިއުރިޓީގެ ނަމުގަ އެވެ.