Last Updated: April 26, 10:28
Friday, April 26, 2024
ޚަބަރު

އައްޑޫ ހޮސްޕިޓަލްގެ ކަރަންޓް މަސައްކަތް ބީލަމަށް

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ކަރަންޓް ވިއުގައިގެ މަސައްކަތްކުރާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ އެތަނުގެ މައި ޑިސްޓްރިބިއުޝަން ޕެނަލް ބަދަލުކޮ،ށް ކަރަންޓް ކޭބަލް އެޅުމުގެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން އަންގާރަ ދުވަހުގެ މެންދުރު ފަހު 1:00 ގެ ކުރިން ރަޖިސްޓްރީވާން ޖެހެ އެވެ.

ރަޖިސްޓްރީވާން ޖެހެނީ މި މެއިލް tender@aeh.gov.mv މެދުވެރިކޮށެވެ.

ބީލަމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުށަހަޅަން ދީފައި އޮތް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ ބީލަންތައް ބަލައިނުގަންނާނެ އެވެ.

އޭއީއެޗުން ބުނީ ކަރަންޓް މަސައްކަތާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް އަންނަ ބުދަ ދުވަހު މެންދުރު ފަހު 1:00 ގައި ހޮސްޕިޓަލްގައި އޮންނާނެ ކަމަށެވެ.