Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

ޒަކާތު ފަންޑުން ބޭސް ފަރުވާ އަށް 42 މިލިއަން

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ޒަކާތު ފަންޑުން ބޭސް ފަރުވާ އަށް 42 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ހަތަރުގެ ތެރޭގައި ހޯދުނު ކާމިޔާބީތަކުގެ ތެރެއިން އިސްލާމިކް މިނިސްޓްރީގެ ތެރެއިން ހޯދުނު ކާމިޔާބީއެއްގެ ގޮތުގައި އެ މިނިސްޓްރީން ފާހަގަކޮށްފައިވާ އެއް ކަމަކީ ބޭސް ފަރުވާ އަށް ޒަކާތު ފަންޑުން ދެވުނު އެހީ އެވެ.

އެގޮތުން މި އަހަރުގެ މިހާތަނަށް އެ ފަންޑުން ބޭސް ފަރުވާ އަށް 16.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މިއީ ފާއިތުވި އަހަރުގެ ތެރޭގައި އެންމެ ބޮޑު ހޭދައެއް ވެސް ދިޔަ އަހަރެވެ. މީގެ އިތުރުން މިދިޔަ އަހަރު ޒަކާތު ފަންޑުން ބޭސް ފަރުވާ އަށް 11.1 މިލިއަން ހޭދަކޮށްފައިވާ އިރު، 2020 ގައި 6.3 މިލިއަން ހޭދަކޮށްފައިވެ އެވެ. އަދި 2019 ގައި ހޭދަކޮށްފައި ވަނީ 15 މިލިއަނަށް ވުރެ ބޮޑު ހޭދައެއް ޒަކާތު ފަންޑުން ބޭސް ފަރުވާ އަށް ހޭދަކުރި އެވެ.

ޒަކާތު ފަންޑުން އެކި ކަންކަމަށް ހޭދަކުރެ އެވެ. އޭގެ ތެރޭގައި މަތީ ތައުލީމަށް ސްކޮލަޝިޕް ދިނުމާއި އެހީ އަށް ބޭނުން ޖެހޭ ހާލަތްތަކުގައި އާންމުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ އިތުރުން ދާދި ފަހުން ވަނީ ޒަކާތު ފަންޑުން މާލީ ފުދުންތެެރިކަން ރަނގަޅުކުރަން މަސައްކަތްކުރުމަށް، މާލީ ގޮތުން ފުންދުންތެރި އާއިލާތަކަށް އެހީދޭ ޕްރޮގްރާމެއް ވެސް ފަށަން ނިންމައިފަ އެވެ.