Last Updated: May 11, 21:55
Sunday, May 11, 2025
ޚަބަރު

ވޯލްޑް ކަޕާ ގުޅުވައި މައުމޫންގެ އިލްތިމާސެއް

ގަތަރުގައި މިރޭ ވޯލްޑް ކަޕް ފަށާ އިރު، ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދިވެހިންނަށް ހާއްސަ އިލްތިމާސެއް ކުރައްވައިފި އެވެ.

އެ މަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯލްޑް ކަޕްގެ މެޗްތައް ބަލާ އިރު ހުރިހާ އެންމެން ވެސް މުބާރާތުގައި ކުޅޭ ޓީމްތަކުގެ ނަންތަކާއި ކުޅުންތެރީންގެ ނަންތައް ރަނގަޅަށް ބޭނުން ކުރުން ވަރަށް މުހިއްމު ކަމަށެވެ.

"މިސާލު ބެންޒީމާ. ބެންޒެމާއެއް ނޫން." މައުމޫން ވިދާޅުވި އެވެ.

ގަތަރުގައި ބާއްވާ ވޯލްޑް ކަޕް މި ރެއިން ފެށިގެން އަންނަ މަހުގެ 18 އާ ހަމައަށް ކުރިއަށް ދާނެ އެވެ. ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަކީ ދިވެހިންގެ ތެރޭގައި އަބަދު ވެސް ފޯރި ނަގާ މުބާރާތެކެވެ. އެގޮތުން މި ފަހަރުގެ މުބާރާތަށް ވެސް ދިވެހިން އެކި ގޮތްގޮތުން ތައްޔާރުވެފައިވެ އެވެ. ހާއްސަކޮށް މެޗްތައް ފޯރިގަދަކޮށް ބެލުމުގެ އިންތިޒާމުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހަމަޖައްސަމުން ގޮސްފައިވެ އެވެ.