ޔުކްރޭނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށް ދޭން ތައްޔާރަށް ހުންނެވި ކަމަށް އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު ރިޝީ ސުނާކް ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ކުރީކޮޅު ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ބޮޑެތު ގެއްލުންތަކެއް ލިބިފައިވާ ގައުމުގެ ވެރިރަށަށް ކީވް އަށް އިއްޔެ ވަޑައިގެން ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ ބައްދަލުކުރައްވައި ރިޝީ ވިދާޅުވީ އިނގުރޭސީވިލާތް އޮތީ ޔުކްރޭނަ އެކީގައި ކަމަށެވެ. އެގޮތުން ގައުމުގެ ދިފާއުގައި ކުރަމުން އަންނަ މަަސައްކަތަށް އެހީތެރިވުމުގެ ގޮތުން އިނގިރޭސި ސަރުކާރުން ޔުކްރޭކަށް އެހީވާން 60 މިލިއަން ޑޮލަރުގެ ޕެކޭޖެއް ހަމަޖައްސާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
Britain knows what it means to fight for freedom.
We are with you all the way @ZelenskyyUa 🇺🇦🇬🇧
Британія знає, що означає боротися за свободу.
Ми з вами до кінця @ZelenskyyUa 🇺🇦🇬🇧 pic.twitter.com/HsL8s4Ibqa
— Rishi Sunak (@RishiSunak) November 19, 2022
ރިޝީ ވިދާޅުވި ގޮތުގައި މި އެ އެހީ އަކީ ޔުކްރޭނަށް އެންޓި-އެއާކްރާފްޓް ހަތިޔާރާއި ޑްރޯން އެޓޭކްތަކުން ދިފާއުވާން ބޭނުންވާ ރާޑާ ޓެކްނޮލޮޖީ ފަދަ ވަސީލަތްތަކަށް ދޭން ނިންމާފައިވަ އެހީ އެވެ. މީގެ އިތުރުން ޔުކްރޭންގެ އަސްކަރީ އޮފިސަރުންނަށް އިނގިރޭސި އަސްކަރިއްޔާގެ ތެރެއިން ތަމްރީނު ހޯދޭނެ ފުރުސަތު ވެސް ފަހިކޮށް ދެއްވާނެ ކަމަށް ރިޝީ ވިދާޅުވި އެވެ.
"ޔުކްރޭނަޑް ރައީސާއި ރައްޔިތުންނަށް ދަންނަވާލަން އޮތީ އިނގިރޭސިވިލާތް އަބަދު ވެސް އެ ގައުމާ އެކީ ވާނެކަން. އަދި ޔުކްރޭނަކީ އަހަރެމެންގެ ވަރަށް ގާޔް އަހެއް،" ބޮޑުވަޒީރު ވިދާޅުވި އެވެ.
ރިޝީ ޔުކްރޭނަށް ވަޑައިގެން އެ ގައުމުގެ ހާލަތު ބެއްލެވި އިރު، އނގިރޭސި ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް އޭނަގެ ދައުރުގެ ތެރޭގައި ޔުކްރޭނަށް ވަޑައިގެންނެވި އެވެ. އަދި އެ ގައުމުން ގެންދިޔައީ ޔުކްރޭނަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.